ޑރ. މުހައްމަދު މުނައްވަރު

ޑރ. މުނައްވަރުގެ ތާއީދު މުއިއްޒަށް

ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު
50%
50%
0%

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރެއްވުމަށް ކުރީގެ ބަންޑާރަނައިބް ޑރ. މުހައްމަދު މުނައްވަރު ނިންމަވައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު މިއަދު އަވަސްއަށް ވިދާޅުވީ މާދަމާ ޑރ. މުއިއްޒު އައްޑޫއަށް ކުރައްވާ ދަތުރުފުޅުގައިވެސް މުނައްވަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

މުނައްވަރު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ކުރިން މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ހިޔާލު ދޫކޮށްލައްވާފަ އެވެ.

މުނައްވަރަކީ އައްޑޫ ސިޓީގެ މީދޫއަށް ނިސްބަތްވާ އަދި އައްޑޫގައި މަޝްހޫރު އާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ.

މުއިއްޒުގެ ކެމްޕޭންގައި މާދަމާ އައްޑޫ އަށް ކުރައްވާ ދަތުރަކީ މި ކެމްޕޭންގައި އޭނާ އައްޑޫއަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345