ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޑޫއަށް ވަޑައިގަތުމުން އެތައް ބަޔަކު މުއިއްޒުއަށް މަރުހަބާ ކިޔައިފި އެވެ.
މުއިއްޒު އައްޑޫއަށް ވަޑައިގަތުމުން ގަން އިންޓަނޭޝަން އެއާޕޯޓުން މުއިއްޒުއަށް އިސްވެ މަރުހަބާ ދެންނެވީ އޭނާގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފް އެވެ.
ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުންނާ އެކު މުއިއްޒު އައްޑޫއަށް ވަޑައިގެންނެވިއިރު އެއާޕޯޓުގެ ޓާމިނަލުން ފެށިގެން ސައުތު ލޭންޑް ރެސްޓޯރެންޓާ ހަމައަށް އެކި އުމުރުފުރާގެ އެތައް ބަޔަކު އެއްވެ ތިއްބެވެ.
މުއިއްޒުއަށް މަރުހަބާ ކިޔަން އެއްވެ ތިބި މީހުން ވަނީ ރައީސް ޔާމީން މިނިވަންކުރުމަށާއި މުއިއްޒު އެއްބުރުން ހޮވާނެ ކަމަށް ގޮވާފަ އެވެ.
މުއިއްޒުގެ މިދަތުރުފުޅުގައި މިރޭ ހިތަދޫގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މުއިއްޒުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގެ ރަށްތަކަށް ވަޑައިގަތުމަށްވެސް ހަމަޖެހިފައިވެ އެވެ.