މި އަހަރުގެ ލިވިން އެކްސްޕޯގައި ބީއެމްއެލް އިސްލާމިކް ބައިވެރިވެއްޖެ އެވެ.
ބީއެމްއެލް އިން ބުނީ ބީއެމްއެލް އިސްލާމިކްގައި ލިބެން ހުރި ފައިނޭންސިން ފުރުސަތުތަކާއި ދެމުންދާ ހިދުމަތްތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް މިފަހަރުގެ އެކްސްޕޯގައި ލިބިގެންދާނެ ކަމަށެވެ.
މި އަހަރުގެ ލިވިން އެކްސްޕޯ ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ ބުރާސްފަތި ދުވަހު މެންދުރުފަހު 3:00 ހާއިރު އެވެ.
ލިވިން އެކްސްޕޯ އޮންނާނީ މި މަހުގެ 10 އިން 12 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ މެންދުރުފަހު 3:00 އިން 6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކު ގައެވެ.
އެކްސްޕޯގައި ހުންނަ ބީއެމްއެލް އިސްލާމިކް ސްޓޯލުން ބޭންކުގެ މުވައްޒަފުންނާ ބައްދަލުކޮށް، ފައިނޭންސިންއާ ބެހޭ އެކި މައުލޫމާތު ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ އެވެ.
ބީއެމްއެލް އިސްލާމިކް އިން އަންނަނީ ރާއްޖޭގައި ހޯމް ޕާޗޭސް ފައިނޭންސިން ދޫކުރާ އެންމެ ކުޑަ ރޭޓުގައި ފައިނޭންސް ކޮށްދެމުންނެވެ.
ބީއެމްއެލް އިސްލާމިކް ހައުސިން ފައިނޭންސިން ފަރުމާކޮށްފައިވަނީ ޝަރުއީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ދާދި ފަހުން ބީއެމްއެލް އިސްލާމިކް އިން ދޫކުރާ ހޯމް ޕާޗޭސް ފައިނޭންސިން އަށް ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތުވަނީ 25 އަހަރަށް އިތުރުކޮށް، ގްރޭސް ޕީރިއަޑްވެސް 24 މަހާ ހަމައަށް އިތުރުކޮށްފަ އެވެ.
މި ބަދަލާއެކު ގެދޮރު ގަންނަ ފަރާތްތަކަށް މިވަނީ ފައިނޭންސިން އަށް ކޮލިފައިވުމުގެ ފުރުސަތު ފަހިވެފައި ކަމަށްވެސް ބީއެމްއެލް އިސްލާމިކް އިން ބުނެ އެވެ.