މުހައްމަދު ނާޒިމް

ނާޒިމުގެ ކެމްޕޭން ފުޅާކޮށް މިވަގުތު ހުންނެވީ ބ. އަތޮޅުގައި

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް ނާޒިމު ބ. އަތޮޅުގެ ބައެއް ރަށްތަކުގައި ކެމްޕޭން ކުރައްވަން ފައްޓަވައިފި އެވެ.

ނާޒިމުގެ މިދަތުރުފުޅުގައި ބ. އަތޮޅުގެ ފަސް ރަށަކަށް ނާޒިމު ވަނީ ވަޑައިގެންފަ އެވެ. އެގޮތުން ވަޑައިގަތީ ދަރަވަންދޫ، ކެންދޫ، ކިހާދޫ، ދޮންފަނު އަދި މާޅޮހެވެ.

މިދަތުރުފުޅުގައި ނާޒިމު ގެންދަވަނީ ޖަލްސާތައް ބޭއްވުމުގެ އިތުރުން އާންމުންނާ ވަކިވަކިން ބައްދަލުކުރައްވާ އެމްއެންޕީގެ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

ދަރަވަންދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ނާޒިމު ވަނީ ރަށްތައް ތަރައްގީކުރަން ބޭނުންވާނަމަ މިހާރު މިއޮތް ސަރުކާރަށް ނޫނެކޭ ބުނަން ރައްޔިތުން ތެދުވަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ނާޒިމުގެ ކެމްޕޭން މިހާތަނަށް ވަނީ ހއ. ހދ. ބ. މ. އަދި ހުވަދު އަތޮޅާއި އައްޑޫ ސިޓީއަށް ވެސް ވަޑައިގެންފަ އެވެ.

ކެމްޕޭންގައި ނާޒިމު ދެން އެންމެ އަވަހަށް ވަޑައިގަންނަވާނީ ރ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން މާދަމާ ނާޒިމު ވަޑައިގަންނަވާނީ އިނގުރައިދޫ، ރަސްމާދޫ އަދި މަޑުއްވަރީ އަށެވެ. އޭގެފަހުގައި ހުކުރު ދުވަހު ނ. އަތޮޅު ތިން ރަށް ކަމަށްވާ މާފަރު، ޅޮހި، މިލަދޫ އަދި ހޮޅުދޫއަށް ވަޑައިގަންނަވާނެ އެވެ.

ނާޒިމުގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖައްސަވާފައިވަނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ޑރ. އަހްމަދު އަދީލް ނަސީރެވެ.