ފިނިޕޭޖް

ސިއަރާއަށް ހަތަރުވަނަ ދަރިއަކު ލިބެނީ

ގްރެމީ އެވޯޑް ލިބިފައިވާ ލަވަ ކިޔުންތެރިޔާ ސިއަރާ، 37، ގެ އާއިލާ އިތުރަށް ބޮޑުވަނީ އެވެ.

އޮގަސްޓް 8 ގައި އިންސްތަގްރާމްގައި ސިއަރާ ޕޯސްޓްކުރި ވީޑިއޯއެއްގައި ދައްކަނީ އޭނާ ޕޫލެއް ކައިރީ ނަށަމުންދާ ތަނެވެ. އަދި ސިއަރާގެ ބޮޑުވަމުން އަންނަ ބަނޑު ވަރަށް ރީތިކޮށް ފާހަގަވެ އެވެ. އަދި ދަރިއަކު ލިބޭކަމަށް ލިޔެފައިވެ އެވެ.

ސިއަރާގެ ތިން ކުދިން މިހާރުވެސް ތި ބެއެވެ. އެއީ ފިރިމީހާ ރަސަލް ވިލްސަންއަށް ލިބިފައިވާ ސިއެނާ ޕްރިންސަސް ވިލްސަން، 6، އާއި ވިން ހެރިސަން ވިލްސަން 3، އާއި ކުރީގެ ލޯބިވެރިޔާ ފިއުޗާއަށް ލިބިފައިވާ ފިއުޗާ ޒާހިރް ވިލްބާން، 9، އެވެ.

ރަސަލް މީގެ ކުރިން އެކި ފަހަރު މަތިން އޭނާގެ އާއިލާ ބޮޑުކުރުމަށް އެދޭކަމަށް ބުނެފައިވެ އެވެ. މިގޮތުން މިދިޔަ އަހަރުގެ މާޗް މަހު ދި އެލަން ޑިޖެނެރަސް ޝޯއަށް އަރާފައިވެސް "ގިނަ ބޭބީޒް ލިބިދާނެތޯ؟" ސިއެރާ ގާތު އަހާފައިވެ އެވެ. ސިއެރާ ވަނީ ޔަގީނުންވެސް އެކަން ވެދާނޭ ޖަވާބުގައި ހެމުން ބުނެފަ އެވެ.

ސިއެރާ، 37، އާއި ސިއެޓަލް ސީހޯކްގެ ކުއަޓާބެކް ކުޅުންތެރިޔާ ރަސަލް ވިލްސަން، 34، ލޯބީގެ ގޮތުން ގުޅުނީ މާޗް 26، 2015 ގައި ބާސްކެޓް ބޯޅަ މެޗަކުން ދިމާވުމަށް ފަހު އެވެ. އަދި މާޗް 11، 2016 ގައި އެންގޭޖްވެ، ކައިވެނިކުރީ ޖުލައި 6، 2016 ގައެވެ. މި ދެމަފިރިން ވަނީ އެކަކު އަނެކަކުގެ ވިޔަފާރިތަކުގައި ހިއްސާވެފަ އެވެ.