ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ތަރުޖަމާނަކަށް ތޮލާލް

ޕީޕީއެމް ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޠާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލް ހަމަޖައްސައިފި އެވެ.

ޕީޕީއެމް އިން އެންމެ ފުރަތަމަ ރިޔާސީ ކެންޑިޑޭޓަކަށް ކަނޑައެޅި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ އެޖެންޓަކަށްވެސް އެންމެ ފުރަތަމަ އައްޔަންކުރީ ތޮލާލް އެވެ.

ތޮލާލް އަކީ ޕީޕީއެމްގެ އިދާރީ މަސައްްކަތްތަކުގައި އިސްކޮށް އުޅުއްވާތާ އެތައް އަހަރެއްވީ ބޭފުޅެކެވެ.

މީގެކުރިން ތޮލާލް ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާއި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.

ޑރ. މުއިއްޒުގެ ކެމްޕޭން މެނޭޖަރާއި ޑެޕިއުޓީ މެނޭޖަރަކަށް ވެސް ހަމަޖައްސާފައިވަނީ ރައީސް ޔާމީންގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި ކެޕްޓަން މުހައްމަދު އަމީނާއި ޑެޕިއުޓީ މެނޭޖަރަކަށް ހުންނެވި އަބްދުﷲ ނާޒިމު އިބްރާހީމް އެެވެ.

މުއިއްޒު އިއްޔެ ވަނީ އޭނާގެ ކެމްޕޭން ރަސްމީކޮށް ފަށައި އޭނާގެ ފުރަތަމަ ކެމްޕޭން ޖަގަހަ ހުޅުވާފަ އެވެ.

މީގެއިތުރުން މާދަމާ އިން އަތޮޅުތަކަށް ކެމްޕޭން ދަތުރުތައް ފައްޓަވާނެ ކަމަށްވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.