ހުޅުމާލެ

މޯލްޑިވްސް ލިވިން އެކްސްޕޯ ފަށައިފި

ހައިރައިޒުން އިންތިޒާމްކޮށްގެން ބާއްވާ މޯލްޑިވްސް ލިވިން އެކްސްޕޯ ފަށައިފި އެވެ.

ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މިއެކްސްޕޯ ފައްޓަވައިދެއްވީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

އެކްސްޕޯ ކުރިއަށްދާނީ މާދަމާގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 11:00 އަށެވެ.

މޯލްޑިވްސް ލިވިން އެކްސްޕޯގައި 37 ސްޓޯލެއް ބަހައްޓާފައިވާއިރު ރާއްޖެ އާއި ރާއްޖޭން ބޭރުން ރިއަލް އެސްޓޭޓް ގިނަ ވިޔަފާރިތަކެއް މީގެތެރޭގައި ހިމެނެ އެވެ.

މިއެކްސްޕޯގައި ރިއަލް އެސްޓޭޓް އަދި ހައުސިންއާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ އެއްތަނަކުން ލިބިގެންދާނެ ކަމަށް ހައިރައިޒް އިން ބުނެ އެވެ.