ޑރ. މުހައްމަދު މުއިއްޒު

މުއިއްޒުގެ ފުރަތަމަ ކެމްޕޭން ހދ. އަތޮޅަށް

ޕީޕީއެމް-ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕޭން ދަތުރު ފައްޓަވާ މިއަދު ހދ. އަތޮޅަށް ވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕޭން ފައްޓަވާ މުއިއްޒު ފުރަތަމަ ވަޑައިގަތީ ހދ. ހަނިމާދޫ އަށެވެ. ރިޔާސީ ކެމްޕޭންގައި މުއިއްޒު މިއަދު ހދ. ނޮޅިވަރަމަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު ހދ. ކުޅުދުއްފުށީގައި މިރޭ ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މުއިއްޒު މިއަދު ފެއްޓެވި ކެމްޕޭން ދަތުރުގައި މުއިއްޒުގެ ރަނިން މޭޓް އަދި ފަރެސްމާތޮޑާ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން މުހައްމަދު ލަތީފު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމްވެސް ބައިވެރިވެޑައިގަންނަވަ އެވެ. މީގެ އިތުރުން ޕީޕީއެމް އާއި ޕީއެންސީގެ ލީޑަޝިޕްގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

މުއިއްޒު ފެއްޓެވި ރިޔާސީ ކެމްޕޭން ދަތުރުގައި މާދަމާ ހދ. މަކުނުދޫ އާއި ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ހޯމަ ދުވަހު ހއ. އުތީމު އާއި ހއ. ވަށަފަރުގެ އިތުރުން ހއ. ކެލާ އާއި ހއ. ބާރަށް އަދި ހއ. ދިއްދޫއަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީން ވަނީ ބުނެފަ އެވެ.

ރިޔާސީ ކެމްޕޭންގައި މުއިއްޒު ވަނީ ބުރާސްފަތި ދުވަހު ޑޯ ޓް ޑޯ ހަރަކާތް ފައްޓަވާފަ އެވެ.