ޕީޕީއެމް

ނަޝީދު، ޔާމީނަކަށް ހެވެއް ނޭދޭނެ: ޝަމީމް

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މުހައްމަދު ނަޝީދު
100%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަނީ ޕީޕީއެމްގެ ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ބައިބައިކޮށްލުމަށް ކަމަށާއި އެކަމަށް ކޯލިޝަންގެ ބޭފުޅުން ސަމާލުވުމަށް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ޓީމުން ބުނެފި އެވެ.

ރައީސް ޔާމީންގެ ގާނޫނީ ޓީމުން ނަޝީދާ މެދު ހިތްހަމަނުޖެހިގެން ވާހަކަދައްކާފައި މިވަނީ މިފަހުން ނަޝީދު ޕީޕީއެމްގެ މެންބަރުންނާއި ރައީސް ޔާމީނަށް ވަރަށް ބޮޑަށް ހެޔޮއެދިވަޑައިގެން ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގަ އެވެ.

ގދ. ގައްދޫގައި އިއްޔެ އޮތް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ކެމްޕޭން ޖަލްސާއެއްގައިވެސް ރައީސް ނަޝީދު ވަނީ ރައީސް ޔާމީނާ ގުޅޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ރައީސް ޔާމީން ޖަލުގައި އޮންނެވީ އެމަނިކުފާނު މިނިވަންކުރުމަށް ޕީޕީއެމްގެ އިސް ބޭފުޅުން މަސައްކަތް ނުކުރައްވާތީ ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމް އިން ދަ ޑިމޮކްރެޓްސްއާ އެކު މަސައްކަތް ކުރަން އެއްބަސްވާތާ ހަފްތާއެއްގެ ތެރޭގައި ޔާމީން މިނިވަންކުރާނެ ކަމުގެ ޔަގީންކަންވެސް ނަޝީދު ވަނީ ދެއްވާފަ އެވެ.

"ޕީޕީއެމް މެމްބަރުންނަށް ޔަގީންކޮށް އަރުވަން ތިބޭފުޅުން އަޅުގަނޑުމެންނާ އެކުގައި މަސައްކަތް ކުރުމަށް އަޅުގަނޑާއި އެއްބަސްވެ ސޮއި އަޅާތާ ހަފްތާއެއްތެރޭ މާލޭ މަގުމަތީގައި އަބަދު އުޅެގެންވެސް ރައީސް ޔާމީން ގެއަށް ގެނެސްދޭނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ މިފަދަ ވާހަކަފުޅުތަކާ ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ހިމެނޭ އާދަމް ޝަމީމް ވިދާޅުވީ ރައީސް ނަޝީދަކީ ރައީސް ޔާމީނަށް ހެޔޮ އެދިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މެންބަރުން އެކަމަށް ސަމާލުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

"[ނަޝީދު] އެ އުޅުއްވަނީ އާދައިގެ މަތިން ކަންކުރައްވާ ގޮތަށް އަޅުގަނޑުމެންގެ ތެރެއަށް ކަތުރުފަނި އަޅުއްވައި އަޅުގަނޑުމެން ބައިބައިކޮށްލައްވަން. އެތައް ޒަމާނެއް ވަންދެން ދުޝްމިނު ވެގެން އުޅުނު މީހަކު ކުއްލިއަކަށް މާ ހެޔޮވެގެން އުޅުމުގައި ނިކަން ބޮޑު ނުބައެއް އޮންނާނެ ކަމަށް މުސްކުޅިން ބުނޭ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ އެދިވަޑައިގަތުމަކީ އެމަނިކުފާނުގެ ސަޕޯޓަރުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު މުއިއްޒު އާއި ހުސައިން މުހައްމަދު ލަތީފަށް ވޯޓު ދެއްވުން ކަމަށެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފައިރޫޝް

ކަލޭމެން ފުރަތަމަ ޔާމީނަށް ހެވެއް އެދިގެންތާ ދުރުގަ ތިބިބަޔަކު ހެވެއް އެދޭނީ. މިއަދު ކަލޭމެނަށް ޔާމީނަކީ ކަލޭމެން ދަންނަ މީހަކަށްވެސް ނުވޭ. ކަލޭމްނަށް މިއަދު މީހަކީ ނޫމަޑި މައްކާރު

މަރުތަޅު

ނަޝީދަކީ ޔާމީން ޖަލަށްލުމުގާ ބައވެރިއެއް، މިހާރު ރޔާމީން މިނިވަންކުރަން govaa ރޔާމީންވެގެން އެ އުޅެނީ އެމްޑީޕީ ތރެއިން ވަކިވެ ވަކި ޕާޓީއެއްހަދައިގެން އުޅޭތީ ޕީޕީއެމްގެ ތާއީދު ހޯދަން، އެއީ ރޔާމީނަށް ހެވެެް އެދޭނެ ބައެއްނޫން، އެމްޑީޕީއަށް ފޫޅުކަނޑާފަ ހުރި ެެކަކުވެސް ރޔާމީނަށް ހެވެެް ނޭދޭނެ، ރޔާމީންގެ ގެކޮޅު ކައިރިއަށްގޮސް ވަގަށް govaa ނުވިތާކަށް ވަގުޑޮލަރު namugaa ކަރުސާތައް އެޅި ބައެއްގެ vaahaka މި ދއްކަނީ ވަރަށްހުތުރުބަހުން މަލާމާތާ ފުރައްސާރަކޮށް އެންމެ ފަހުން އެތައްބަޔެއް ކުރި ބޮޑުޚިޔާނާތެއްގެ ކުށް ހަމައެކަނި ރޔާމީންގެ އިސްތަށިފުޅުގާ އަޅުވައިގެން ރޔާމީންރަހީންކޮހްގެން އަނިޔާދެމުން އެ ގެންދަނީ، ކޮބައިތޯ މިހަަރު Jalugaa ރަހީންކޮށްގެން 11 އަހަރުގެ ހުކުމެއް އަޅުވައިގެން ދަމާއިރު ެ ކުށުގާ ބައިވެރިވި އެކިއާ ކުރިކުރިޒާ؟ އޭންވެސް މިހާރު ހުދުކާފޫރަށް ހަދާއިގެން މހާރު މިހުރި އަނިޔާވެރި ރއީސްކަލޭގެ މިބުނި ކުރިކު ރިޒާވެސް 7 ވަނަ އުޑުގާ ކަންނޭގެ ބަހައްޓާފަ ހުރީ، މީތޯ މިވެރިޔާގެ އިންސާފަކީ؟

ބައިރޯ

ތީއަދި ހުޔާލެއްތާ ޔާމީނު އޮތީ ނަޝީދައް އަނިޔާ ކޮށްފަނޫން

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910