މޯލްޑިވިއަން އައިޑޮލްގެ ރޭސް ހަފުތާއަކަށް ފަހު ހަފުތާއެއްގައި މި ދަނީ ފޯރިގަދަވެ، ބާރުބޮޑުވެ އަދި އޭގެ ވާދަވެރިކަން ވެސް ބޮޑުވަމުންނެވެ. ނިމިގެން ދިޔަ ހަފުތާ ބަންދުގައި އެ ވަނީ ޕިއާނޯ ރައުންޑްގެ ފުރަތަމަ ގްރޫޕްގެ ލަވަކިޔުން ނިންމައި އޭގެ ތެރެއިން ދެ ބައިވެރިޔަކު ޝޯ އިން ކަޓުވާވެސްލައިފަ އެވެ.
ޕިއާނޯ ރައުންޑްގައި ބާކީ އަދި އެއް ގްރޫޕްގެ ލަވަކިޔުން ކުރިއަށް އޮތްއިރު އަންނަ ހޮނިހިރު ދުވަހު އިތުރު ދެ ބައިވެރިޔަކު ޝޯ އަށް އަލްވަދާއު ކިޔާނެ އެވެ. އެކަމަކު އޭގެ ކުރިން މިއޮތީ ނިމިގެން ދިޔަ ޕިއާނޯ ރައުންޑް ގްރޫޕުން ސަލާމަތްވެ ޝޯގެ ގާލާ ރައުންޑުން ފުރުސަތު ހޯދި ފުރަތަމަ ހަ ބައިވެރިންގެ އިހްސާސްތަކާއި ޖަޒުބާތުތަކުގެ ވާހަކަ އެވެ.
މި ހަ ބައިވެރިން ވެސް ބުނަނީ ޝޯ ރަނގަޅަށް ފެށޭ ހިސާބަކީ ގާލާ ރައުންޑް ކަމަށެވެ. އެހެންވީމަ އެ ހިސާބުން ދެން އެއްވެސް ކަމެއް ފަސޭހަ ނުވާނެ ކަމަށެވެ. އަދި މޯލްޑިވިއަން އައިޑޮލްގެ މި ހިސާބުގައި ވާދަކުރާ ބައިވެރިންނަށް ބަލާއިރު ވަކި މީހަކަށް ދޫކުރާވަރުގެ އެންމެ ލަވަކިޔުންތެރިޔަކު ވެސް ނެތް ކަމަށް ބުނެ އެވެ.
ރޮކްސްޓާ މުއައްޒިންގެ އުއްމީދު ސީލިންގުގައި!
މުހައްމަދު މުއައްޒިން މިއީ މޯލްޑިވިއަން އައިޑޮލްގެ ރޮކްސްޓާ އެވެ. އޭނާ މަޝްހޫރުވެފައިވާ ގޮތަކީ މިއީ އެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. މުއައްޒިން ވަރުގެ ރޮކްސްޓާރެއް މުޅި ޝޯގައި ވެސް ނެތީމަ އެވެ. މިހާތަނަށް އޭނާ ހުށަހަޅައިދިން ލަވަތަކުން ވެސް އޭނާގެ ހުނަރާއި ކުޅަދާނަކަން ނިކަން ރަނގަޅަށް އެ ވަނީ ސާބިތުކޮށްދީފަ އެވެ.
ނިމިގެން ދިޔަ ޕިއާނޯ ރައުންޑުގައި ސްޓޭޖު ފަޅާލައި ޖަޖު އައްމަޑޭގެ ބޮލަށް ވައްޓާލި މި ލަވަކިޔުންތެރިޔާ ބުނަނީ ކުރިއަށް އޮތް ގާލާ ރައުންޑްގެ ފޯރި އަދި މާ ގަދަވާނެ ކަމަށެވެ.
"އަދި ކިރިޔާ އައިޑޯލް އަސްލު މި ފެށެނީ،" ލެމަން ބޭންޑްގެ ލޯބީގާ ލަވަ ހުށަހަޅައިގެން ގިނަ ބަޔަކު ހައިރާންކޮށްލި ލަވަކިޔުންތެރިޔާ ބުންޏެވެ.
"ހީކުރީ ވަރަށް ސޭފްވާނެ ކަމަށް. އެކަމަކު ހަމަ ކޮންމެ މީހަކަށް ވެސް މި އޮންނަނީ ފިފްޓީ ފިފްޓީ ޗާންސެއް. ލިބުނު ތަރުހީބާ މެދު ހިތްހަމަޖެހޭ. ވޯޓް ދިން މީހުންނަށް ޝުކުރު އަދާކުރަން. އެމީހުންނާ ނުލައި ނުދެވޭނެ އަޅުގަނޑަކަށް ދެން ކުރިއަކަށް."
އޭނާ ބުނީ އަދިވެސް އަދި އެންމެ ކުރިން ވެސް އަމާޒަކީ ޝޯގެ ޓައިޓްލް ކާމިޔާބުކުރުން ކަމަށެވެ. އެކަމަކު އެހެން ލަވަކިޔުންތެރިންގެ ހުނަރުވެރިކަން ވެސް އޭނާ ފާހަގަކުރި އެވެ.
"މޮޅުވާން ދޯ ބައިވެރިވާނީ ކޮންމެ މީހަކު ވެސް. އެންމެނަށް ވެސް އީކުއަލް ޗާންސް މިއޮތީ،" މޮޑޭގެ ވަނަމުން ގިނަ ރައްޓެހިންގެ މެދުގައި މަޝްހޫރު ލަވަކިޔުންތެރިޔާ ބުންޏެވެ.
"މި މުބާރާތް ކާމިޔާބުކުރެވިދާނެ ކަމަށް ގަބޫލުކޮށްގެން އެންމެ ފުރަތަމަ މި ޝޯގައި ބައިވެރިވީ ވެސް. މިހާ މޮޅު މީހުން ޝޯގައި ވާދަކުރުމަކީ ވެސް ލިބޭ ކޮންފިޑެންސެއް."
އޭނާ ބުނީ ގާލާ ރައުންޑަށް މިހާރު ލަވައެއް ޗޫޒްކޮށްފައިވާ ކަމަށާއި އޭގެ ފަރިތަކުރުންތައް ފަށައިފި ކަމަށެވެ. މު
އާންމުންގެ ތަރުހީބާއި ލޯބިން ލައިޝާގެ ހިތް މިހާރު ވެސް ފުރިފައި!
"ކުރިން ވެސް ބުނިހެން އެންމެ އުފާވަނީ ނުވެސް ދަންނަ މީހުން ލޯބިވާތީ. މަގުމަތިން ދިމާވެގެން ސެލްފީއެއް ނަގާލާ ބައްދާލާތީ. މީހުންނާ ބަލައިގަންނަ ކުއްޖަކަށް ވުންކަން ނޭނގޭ އެންމެ ރަނގަޅު ނަތީޖާ އަކީ މީގެ،" އުމުރުން 18 އަހަރުގެ ލަވަކިޔުންތެރިޔާ ލައިޝާ ޖުނައިދު ބުނީ މިހެންނެވެ.
އޭނާ އަކީ ޔަގީނަށް ވެސް މި ޝޯގައި އެންމެ މަގްބޫލު އެއް ލަވަކިޔުންތެރިޔާ އެވެ. ހަމަ އެވަރަށް އޭނާގެ ހުނަރު ވެސް ވަރަށް މުއްސަންޖެވެ. ޝޯއަކަށް ފަހު ޝޯއެއްގައި ކުރިއެރުން ދައްކަމުން އަންނަ ލައިޝާ ގާލާ ރައުންޑަށް ހޮވިފައިވާއިރު އޭނާގެ އަމާޒަކީ އެ ރައުންޑުގައި ވެސް އިތުރު ކުރިއެރުންތަކެއް ޖަޖުންނަށް ދެއްކުމެވެ.
"ޕިއާނޯ ރައުންޑުގައި އަސްލު އެ ލަވަ ނެގީ ތަފާތު، ވަރަށް ތުއިތުއި ލަވަ އެކަންޏެއް ނޫންކަން ކިޔޭނީ އަންގާލަން. ތަފާތު ލަވައެއް ވެސް ކިޔިދާނެކަން އަންގަން ބޭނުންވީ،" ލައިޝާ ބުންޏެވެ.
"ޖަޖުން ބުނެފައި ވަނީ ތަފާތު ބަލަން ބޭނުމޭ. އެހެންވީމަ އެ ލަވަ އަށް ވަރަށް ބޮޑަށް މަސައްކަތްކުރެވުނު ތަފާތުކޮށް ކިޔައިދެން. މިހާތަނަށް މޯލްޑިވިއަން އައިޑޮލްގައި އަޅުގަނޑަށް ދެވުނު އެންމެ ރަނގަޅު ޕާފޯމެންސް."
"މިފަހަރު ވެސް ވިސްނަނީ ތަފާތެއް ގެންނަން. މިފަހަރު މި ބަލަނީ އިންޑިއަން ކްލެސިކަލް ކަހަލަ ލަވައެއް. އެބަ އުޅޭ ދެ ތިން ލަވައެއް މައިންޑްގައި."
ޝޯގައި ލިބޭ ކާމިޔާބީއާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ލައިޝާ ބުނީ އެންމެ ބޮޑު އުފަލަކީ މީހުން ދޭ ތަރުހީބާއި ފާޅުކުރާ ލޯބި ކަމަށެވެ.
"ބުނެދޭކަށް ނޭނގޭ އެ އުފާވެރިކަމެއް. ހީއެއް ނުކުރަން އޯޑިއަންސްގެ ފަރާތުން މިވަރުގެ ސަޕޯޓެއް ލޯތްބެއް ލިބިދާނެ ކަމަށް. އެހެންވީމަ ވަރަށް އުފާވޭ."
އޭނާ ބުނީ ކުރިއަށް އޮތް ގާލާ ރައުންޑާ ކުރިމަތިލާއިރު ފިނިވެ ބިރުގަންނަ ފަދަ ގޮތެއް ނުވިޔަސް ވަރަށް އުނދަގޫވާނެކަން އެނގޭ ކަމަށާއި އެހެންކަމުން ޑަބަލް މަސައްކަތްކުރަން ޖެހޭނެކަން ވެސް އެނގޭ ކަމަށެވެ.
"އެކަމަކު މިހާރު ކުރިއަށްދާން ވަރަށް އުނދަގޫވާނެކަން އެނގޭ. ކުރިއަށް ވުރެ ޑަބަލް މަސައްކަތްކުރަން ޖެހޭ. އޭތި މައިންޑްގައި އިންނަނީ މިހާރު. ބިރެއް ނުގަނޭ. ބިރުގަނެގެން ވާނެ ކަމެއް ނެތް،" ލައިޝާ ބުންޏެވެ.
ލައިޝާ އަކީ ޝޯގެ ބައެއް އެހެން ކުދިންތަކާ ހިލާފަށް ލަވަކިޔަން ވަގުތު ހޯދަމުން ނިކަން ފޯރީގައި ކިޔަވަމުން ވެސް އަންނަ ކުއްޖެކެވެ. ޑޮކްޓަރަކަށް ވުމަކީ އޭނާގެ ހުވަފެނެވެ. އަދި އެންމެ މުހިންމު ކަމެއް ދެނީ ކިޔެވުމަށް ކަމަށް ވެސް ބުންޏެވެ.
"ލަވަ ޕްރެކްޓިސްކުރަމުން ދަނީ ސްކޫލަށް ވެސް ވަގުތުދެމުން. ވަރަށް ވަރުބަލިވޭ. ފަސްޓް ޕްރައިއޯރިޓީ އަކީ ކިޔެވުން. ދޭތި ބެލެންސްކުރެވޭތޯ ވަރަށް މަސައްކަތްކުރަން އެބަ. އެކަމަކު އެއްވެސް ކަމެއް ފަސޭހަކޮށްލައިގެން މީހާގެ ލައިފްގައި ކުރިއެއް ނާރާނެ،" ލައިޝާ ބުންޏެވެ.
"ގަބޫލުކޮށްގެން އެކަން ވާނީ. ހިތުގައި ބަހައްޓައިގެން އެއާ އެއްވަރަށް މަސައްކަތްކޮށްގެން. މަސައްކަތްކުރެވިއްޖެ ނަމަ ކޮންމެ މީހަކަށް ވެސް ހުރިހާ ކަމެއް ވެސް ކާމިޔާބުވާނެ. އެ ކޮންފިޑެންސް ލައިގެ އެބައިން."
މިއީ މި މުބާރާތެއްގައި އޭނާ ބައިވެރިވި ހިސާބުން ފެށިގެން ޖަޖުންނާއި ބެލުންތެރިންނާއި އެހުންތެރިންގެ ފަރާތުން ވެސް އޭނާ އަށް އޮހެމުން އަންނަ ތައުރީފެކެވެ. ކާށިދޫ އަށް ނިސްބަތްވާ މުހައްމަދު އިފްހާމް ބުނަނީ އޭނާ އަށް މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ދަތުރުގައި ލިބުނު އެންމެ ޕޮޒިޓިވް ކޮމެންޓަކީ ވެސް އެއީ ކަމަށެވެ.
ފަހަރެއްގައި މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުން އޭނާ އަށް ފުރުސަތު ލިބުމުގެ ސިއްރަކީ ވެސް އެ ހިތްގައިމު އަޑެވެ. އެހެން ނަމަވެސް ޕިއާނޯ ރައުންޑު ދިޔައީކީ އިފްހާމް އެންމެ ހިތްހަމަޖެހޭ ފެންވަރަކަށް ނޫނެނެވެ.
"އަސްލު ބޭނުންވި ވަރަކަށް ނުދެވުނު. ރައުންޑް ބައި ރައުންޑް ރަނގަޅުވަމުން އައީ. އެހެންވެ އިއްބެގެ ލަވައެއް ކީވެސް ވަރަށް ބޮޑަށް އިމްޕްރެސްކޮށްލަން. އެކަމަކު އެކަމެއް ނުކުރެވުނު. އިފްހާމްގެ އަޑާ ނުގުޅެއޭ އިއްބެ ވެސް ބުނީ އެ ލަވަ،" އަލަށް މިފަދަ ބޮޑު ލަވަ މުބާރާތެއްގައި ވާދަކުރާ ޒުވާން އިފްހާމް ބުންޏެވެ.
އޭނާ ބުނީ ޕިއާނޯ ރައުންޑް ބޭނުންވި ގޮތަށް ނުގެންދެވުމުން މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޖަޖުން އިމްޕްރެސްކުރުމެވެ.
"ގާލާ ރައުންޑް އީޒީއެއް ނުވާނެ. އީޒީވާނެއެކޭ ވެސް ބުނާކަށް ނުވާނެ. ވަރަށް ރެސްޕެކްޓްކުރާ ވަރަށް މޮޅު ކުދިން އެ ތިބީ. އަޅުގަނޑު ވެސް އަޅުގނޑުވެސް ބެސްޓް ދެވޭތޯ ޓްރައިކުރާނަން. މިދިޔަ ރައުންޑުގައި ލިބުނު ކޮމެންޓްތަކަށް ސެޓިސްފައިއެއް ނޫން ޖަޖުންގެ ކޮމެންޓްސްތަކަށް. ގާލާ ރައުންޑްގައި ބޭނުން ޖަޖުންގެ ފަރާތުން ހިތްހަމަޖެހޭ ފަދަ ކޮމެންޓްތަކެއް ހޯދަން،" އިފްހާމް ބުންޏެވެ.
އެކަމަކު އޭނާ ބުނީ ގާލާ ރައުންޑާ ހަމައިން މުބާރާތާ ވަކިވާން ޖެހުނަސް ދެރައެއް ނުވާނެ ކަމަށެވެ.
"މިހާރު ވެސް ވަރަށް ހެޕީވޭ މި ހިސާބަށް އާދެވުނީމަ. މިއީ އަޅުގަނޑުގެ ލައިފްގައި އައި އެންމެ ބޮޑު ސަކްސަސް. މީހުންނަށް އެނގޭ މިހާރު އަޅުގަނޑު. ވަރަށް ހެޕީވޭ ގޮވާލާތީ ވެސް. ގޮވާލާފައި ދޭ ހިތްވަރުން ވެސް،" އިފްހާމް ބުންޏެވެ.
"މިހާ ހިސާބުން އައިސް މުބާރާތުން ވަކިވާން ޖެހުނަސް ވަރަށް ވަރަށް ވަރަށް ދެރައެއް ނުވާނެ. ވޯޓް ދިން ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
އިފްހާމްގެ އަޑަކީ މޯލްޑިވިއަން އައިޑޮލްގެ އެންމެ ތަފާތު އަޑު
މިއީ މި މުބާރާތެއްގައި އޭނާ ބައިވެރިވި ހިސާބުން ފެށިގެން ޖަޖުންނާއި ބެލުންތެރިންނާއި އެހުންތެރިންގެ ފަރާތުން ވެސް އޭނާ އަށް އޮހެމުން އަންނަ ތައުރީފެކެވެ. ކާށިދޫ އަށް ނިސްބަތްވާ މުހައްމަދު އިފްހާމް ބުނަނީ އޭނާ އަށް މިހާތަނަށް މޯލްޑިވިއަން އައިޑޮލްގެ ދަތުރުގައި ލިބުނު އެންމެ ޕޮޒިޓިވް ކޮމެންޓަކީ ވެސް އެއީ ކަމަށެވެ.
ފަހަރެއްގައި މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުން އޭނާ އަށް ފުރުސަތު ލިބުމުގެ ސިއްރަކީ ވެސް އެ ހިތްގައިމު އަޑެވެ. އެހެން ނަމަވެސް ޕިއާނޯ ރައުންޑު ދިޔައީކީ އިފްހާމް އެންމެ ހިތްހަމަޖެހޭ ފެންވަރަކަށް ނޫނެނެވެ.
"އަސްލު ބޭނުންވި ވަރަކަށް ނުދެވުނު. ރައުންޑް ބައި ރައުންޑް ރަނގަޅުވަމުން އައީ. އެހެންވެ އިއްބެގެ ލަވައެއް ކީވެސް ވަރަށް ބޮޑަށް އިމްޕްރެސްކޮށްލަން. އެކަމަކު އެކަމެއް ނުކުރެވުނު. އިފްހާމްގެ އަޑާ ނުގުޅެއޭ އިއްބެ ވެސް ބުނީ އެ ލަވަ،" އަލަށް މިފަދަ ބޮޑު ލަވަ މުބާރާތެއްގައި ވާދަކުރާ ޒުވާން އިފްހާމް ބުންޏެވެ.
އޭނާ ބުނީ ޕިއާނޯ ރައުންޑް ބޭނުންވި ގޮތަށް ނުގެންދެވުމުން މިހާރުގެ އެންމެ ބޮޑު އަމާޒަކީ ޖަޖުން އިމްޕްރެސްކުރުމެވެ.
"ގާލާ ރައުންޑް އީޒީއެއް ނުވާނެ. އީޒީވާނެއެކޭ ވެސް ބުނާކަށް ނުވާނެ. ވަރަށް ރެސްޕެކްޓްކުރާ ވަރަށް މޮޅު ކުދިން އެ ތިބީ. އަޅުގަނޑު ވެސް އަޅުގނޑުވެސް ބެސްޓް ދެވޭތޯ ޓްރައިކުރާނަން. މިދިޔަ ރައުންޑުގައި ލިބުނު ކޮމެންޓްތަކަށް ސެޓިސްފައިއެއް ނޫން ޖަޖުންގެ ކޮމެންޓްސްތަކަށް. ގާލާ ރައުންޑްގައި ބޭނުން ޖަޖުންގެ ފަރާތުން ހިތްހަމަޖެހޭ ފަދަ ކޮމެންޓްތަކެއް ހޯދަން،" އިފްހާމް ބުންޏެވެ.
އެކަމަކު އޭނާ ބުނީ ގާލާ ރައުންޑާ ހަމައިން މުބާރާތާ ވަކިވާން ޖެހުނަސް ދެރައެއް ނުވާނެ ކަމަށެވެ.
"މިހާރު ވެސް ވަރަށް ހެޕީވޭ މި ހިސާބަށް އާދެވުނީމަ. މިއީ އަޅުގަނޑުގެ ލައިފްގައި އައި އެންމެ ބޮޑު ސަކްސަސް. މީހުންނަށް އެނގޭ މިހާރު އަޅުގަނޑު. ވަރަށް ހެޕީވޭ ގޮވާލާތީ ވެސް. ގޮވާލާފައި ދޭ ހިތްވަރުން ވެސް،" އިފްހާމް ބުންޏެވެ.
"މިހާ ހިސާބުން އައިސް މުބާރާތުން ވަކިވާން ޖެހުނަސް ވަރަށް ވަރަށް ވަރަށް ދެރައެއް ނުވާނެ. ވޯޓް ދިން ހުރިހާ އެންމެނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ."
މިއީ މިހާރު ވެސް ފާލިހަށް ޕާޓީއެއް!
މޯލްޑިވިއަން އައިޑޮލްގެ ދަތުރު ފެށުމުގެ ކުރިން އަބްދުﷲ ފާލިހް އަކީ ހިތާނީ ޕާޓީތަކުގަ އާއި ކައިވެނި ޕާޓީތަކުގައި މިއުޒިކް ކުޅެ ލަވަކިޔައިދީ މީހުން މުނިފޫހިފިލުވައި ދިން ޒުވާނެކެވެ. މޯލްޑިވިއަން އައިޑޮލްއާ އެކު އޭނާގެ އެ ޕާޓީތަކަށް މި އޮތީ ބްރޭކެއް އައިސްފަ އެވެ. ހަމައެއާ އެކު މޯލްޑިވިއަން އައިޑޮލް މި ވަނީ އޭނާގެ ހަޔާތުގެ އެންމެ ބޮޑު ސަޕްރައިޒް ޕާޓީ އަށް އަދި ކާމިޔާބީ އަށް ބަދަލުވެފަ އެވެ.
"މިހާ ވަރުގެ އުފާވެރިކަމެއް ވެސް ނުލިބޭ. ވަރަށް ދުވަސްވެއްޖެ ލަވަކިޔާތާ. އަދި ކިރިޔާ މިއީ ދާއިރާ އިން ލިބުނު އެންމެ ބޮޑު ކާމިޔާބީ. ސްކޫލް ލައިފްގައި ވެސް ހަޔާތުގައި ވެސް އެއްވެސް ކާމިޔާބީއެއް ލިބިފައެއް ނެތް. މިފަހަރު އިހްސާސްކުރެވޭ މި ކާމިޔާބީގެ އަސަރު،" ފާލިހް ބުންޏެވެ.
އޭނާ ބުނީ ޕިއާނޯ ރައުންޑުގައި ޑޭންޖާ ޒޯނުގައި މަޑުކޮށްލަން ޖެހުމަކީ ވެސް ވަރަށް އެހެން ކަހަލަ އިހްސާސްތަކެއް ކުރެވުނު ތަޖުރިބާއެއް ކަމަށެވެ.
"ހަޔާތުގައި މަންމަ ނިޔާވިފަހުން އައި އެންމެ އިންޓެންސް މޮމެންޓްކޮޅު އެއީ. ޑޮކްޓަރަކު އައިސް ކަށިގަނޑު ޖެއްސި ނަމަ ބުނާނެ ތިއޮތްދަނީއޭ ހިތް ހުއްޓުމަކަށް،" ހިނިގަނޑަކަށް ފަޅައިގެން ދަމުން ފާލިހް ބުންޏެވެ.
ފާލިހް ބުނީ މިހާތަނަށް އައިއިރު އޭނާގެ ކިބައިން މަދުވަނީ ސްޓޭޖު ޕާފޯމެން ކަމަށް އެންމެ ވެސް ބުނަމުން ދިއުމާ ގުޅިގެން ގާލާ ރައުންޑްގައި އެ ތަފާތު ދައްކަން ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"ޕިއާނޯ ރައުންޑްގައި ލަވަ ވަރަށް ހިތްހަމަޖެހޭ. ސްޓޭޖު ޕާފޯމްނުކުރެވުން ދިޔައީ. ޖަޖުން އެކަންޏެއް ނޫން މީހުން ވެސް ބުނޭ ހަލަބޮލިވެލާށޭ. ގާލާ ރައުންޑަށް މުޅިން ތަފާތުވާނެ ލަވައެއް މި ހޮވަނީ ސްޓޭޖު ޕާފޯމެންސަށް ވިސްނައިގެން،" ފާލިހް ބުންޏެވެ.
އޭނާ ބުނީ ޝޯގައި މިހާ ހިސާބަށް އާދެވުނަސް އަދިވެސް ކުރަން ޖެހޭ މަސައްކަތް ވަރަށް ގިނަ ކަމަށެވެ.
"މީހުންގެ ފަރާތުން ލިބޭ ޕޮޒިޓިވް ކޮމެންޓާއި ސަޕޯޓް އެންމެ ބޮޑު އުފަލަކީ. ހުރިހާ ރައްޓެހިންނާއި އާއިލާގެ މީހުންނަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރަން ބޭނުންވޭ،" ފާލިހް ބުންޏެވެ.
"މި ތަނުގައި މިތިބީ ވަރަށް ޓެލެންޓެޑް. ވަކި މީހަކަށް ދޫނުކުރާ ވަރުގެ ލަވަކިޔުންތެރިން. ކޮންފިޑެންސް އެބައިން. އެކަމަކު އަޅުގަނޑު ދަސްކުރަން ޖެހޭ ކަންތައްތައް އަދި އެބަހުރި ވަރަށް ގިނަ."
ޝޯގެ އެންމެ ބޮޑު ޖޯކަރަކީ ޖޯކަރެއް ނޫން!
އެއީ އިބްރާހިމް އަމާން އެވެ. އޭނާ އެ ގެންދަނީ ޝޯގެ ޖަޖުންނާއި ބެލުންތެރިންނާ އެކު މުޅި ރާއްޖެ ވެސް ހެއްވަމުންނެވެ. މިވަރުގެ ކެރިޒްމެޓިކް ދެ ވަނަ މޫނެއް މޯލްޑިވިއަން އައިޑޮލްގައި ނެތްކަން ޔަގީނެވެ. އެހެން ނަމަވެސް އަމާނަކީ މި ޝޯގައި ސަމާސާއެއް ނޫނެވެ.
މަޖަލަކަށް ހަދައިގެން ގޮސް އޮޑިޝަނުގައި ބައިވެރިވިޔަސް އަމާން މުޅި ދިރިއުޅުން މިހާރު އެ ވަނީ ބަދަލުވެފަ އެވެ. އަދި ޕިއާނޯ ރައުންޑުގައި އޭނާ ދިން "އީސަބޭގެ" ޕާފޯމެންސަކީ އެތައް ހިތްތަކެއް ކަތިލި ހުށަހެޅުމެކެވެ.
"އެންމެ ބިރު ގަތް ރައުންޑް އެއީ. ރޮއްވާލާފަ ދޫކޮށްލީ. ވަރަށް ބިރުގަތް. ޕްރެޝާ ޕޮއިންޓްގައި އެއީ ވަރަށް ބިރުވެރިކަމެއް. ވަރަށް ކޮންފިޑެންސްގައި ހުރީ އެ ހިސާބަކަށް ނުދާނެ ކަމަށް. ދެން އެނގޭނެ އެ ޕޮއިންޓްގައި ހުންނަން،" އަމާން ބުންޏެވެ.
"ވަރަށް ގިނަ މީހުންނަށް މުޅި ޕަބްލިކަށް ވަކި މީހަކަށް ނޫން ޝުކުރުއަދާކުރަން ބޭނުންވަނީ. ރާއްޖެ އިން އަމާނަށް ސަޕޯޓްކުރި އެންމެނަށް ޝުކުރު އަދާކުރަން"
"ޕިއާނޯ ރައުންޑްގެ ފުރަތަމަ ލަވަ ވަރަށް ރަނގަޅަށް ޕާފޯމްކުރެވުނު. ޖަޖުންގެ ކޮމެންޓްތަކުން ވެސް ވަރަށް އުފާވި. ލައިވްކޮށް ކިޔާއިރު އެ ކަހަލަ ލަވައެއް ކިޔޭނެ އެންމެ ރަނގަޅު ވަރަކަށް ކީފަ އެ ހުރީ."
އޭނާ ބުނީ ކުރިއަށް އޮތް ގާލާ ރައުންޑްގެ ފަރިތަކުރުންތައް ފަށާފައިވާއިރު އެ ރައުންޑަށް އޭހާ ހޮވާފައިވާ ލަވަ އަކީ އިންސާނިއްޔަތަށް ހާއްސަ ލަވައެއް ކަމަށެވެ.
"ގާލާ ރައުންޑްގައި ލަވައެއް ނަގައިފިން. ވަރަށް ޓަފްވާނެ. ގާލާ ރައުންޑްގައި ކިޔާނެ ލަވައަކީ މަޑުމައިތިރި ލަވައަކަށް ވެގެންދާނެ. އެ ލަވަ އަކީ މުޅި ދުނިޔެ އަށް ކިޔައިދޭނެ ލަވައެއް. އިންސާނިއްޔަތަށް ދީފައި އޮތް ނަސޭހަތެއް އެ ލަވައަކީ،" އަމާން ބުންޏެވެ.
އަމާންގެ ހިޔާލުގައި ގާލާ ރައުންޑަށް ދާ ކޮންމެ މީހަކީ ވެސް އައިޑޮލް ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ލަވަކިޔުންތެރިއެކެވެ.
"މޯލްޑިވިއަން އައިޑޮލް ވިންކުރެވޭނެ މިތަނުގައި ބާކީ ތިބި ކޮންމެ ކުއްޖަކަށް ވެސް ވިންކުރެވޭނެ. އެއީ އަސްލު އޭގައި އިންނާނީ މަސައްކަތްކުރި ވަރެއް. ކަޓައިގެން ދިއުމަކީ އަމާން އަށް މަސައްކަތްނުކުރެވުނީއޭ. އެއް ވަނަ ލިބޭނީ އެންމެ ގަދަ އަށް މަސައްކަތްކުރި މީހާ އަށް."