މޯލްޑިވްސް ޕޮލިސް ސާވިސް

ފޭކް ސުލިޕް ބޭނުންކޮށްގެން ރާސްޓަސް ކުރި ބިދޭސިއަކު ހޯދަނީ

ސައްހަ ނޫން އިންޓަނެޓް ބޭންކިން ސުލިޕްތަކެއް ފުނުވައިގެން ފިހާރައަކުން ރާސްޓަސް ކުރި ބިދޭސިއަކު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

މިމައްސަލާގައި ހޯދަނީ ބަންގްލަދޭޝް މީހެއް ކަމައްވާ އުމުރުން 35 އަހަރުގެ އަރްޝަދު މިއާ އެވެ.

އޭނާ ހޯދަން ފުލުހުން އިއުލަންކުރީ ސައްހަ ނޫން އިންޓަނެޓް ބޭންކިން ސުލިޕްތަކެއް ފޮނުވައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފިހާރައަކުން ރާސްޓަސް ކޮށްފައިވާ މައްސަލައެއްގަ އެވެ.

ފުލުހުން ބުނި ގޮތުގައި އޮޅުވާލައިގެން ފިހާރައަކުން 17،471 ރުފިއާގެ ރާސްޓަސް ކުރި ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވެ އެވެ.

ފުލުހުންގެ އިދާރާއަށް ހާޒިރުވާން އޭނާ އަށް އަންގާފައިވަނީ މިމަހު 25 ވަނަ ދުވަހުގެ ހެދުނު 10:00 އަށް ބ. އޭދަފުށީ ޕޮލިސްޓޭޝަނަށެވެ.