ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކްރެޑިޓް ކާޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަނުގައި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތަކަށް ހުރިހާ ހަރަދެއް ހިމެނޭހެން މެލޭޝިއާ އާއި ތައިލެންޑަށް ދިޔުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އަދި އަލަށް ކްރެޑިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް އިނާމުތަކެއް ހޯދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަންގެ ދަށުން މިއަހަރުގެ އޮކްޓޫބަރުގެ ނިޔަލަށް ކްރެޑިޓް ލިމިޓްގެ 80 ޕަސަންޓް ބޭނުންކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް 1،500 ރުފިޔާގެ ކޭޝްބެކް ލިބޭނެ ކަމަށެވެ. އަދި މިމުއްދަތުގެ ކުރިން ބީއެމްއެލް ރިވާޑްސްއަށް ރަޖިސްޓާ ކުރާ އަ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް އިތުރު 1000 ރިވާޑް ޕޮއިންޓް ލިބޭނެ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން އަލަށް ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނާއި މިހާރުވެސް ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އޮކްޓޫބަރުގެ ނިޔަލަށް ކްރެޑިޓް ކާޑުން 3،000 ރުފިޔާގެ ވިޔަފާރިކޮށްގެންވެސް ޕްރޮމޯޝަންގެ ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެެވެ.