ހުޅުމާލެ

ހުޅުމާލޭގެ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދެނީ

ހުޅުމާލޭގެ ރަށު މާރުކޭޓުން 25 ގޮޅި ކުއްޔަށް ދޭން އިއުލާންކޮށްފި އެވެ.

އާބަންކޯ އިން ބުނީ މި ގޮޅިތައް ކުއްޔަށް ދޫކުރާނީ ބީލަމުގެ އުސޫލުން އެންމެ މަތީ އަގު ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.

ބީލަން ފެށުމަށް ނިންމާފައިވާ އަގަކީ 3،500 ރުފިޔާ އެވެ.

ހުޅުމާލޭ އެމްޓީސީސީ ފެރީ ޓާމިނަލް ކައިރީގައި ހުންނަ މާރުކޭޓް ގޮޅިތައް ކުއްޔަށް ދޭން ނިންމާފައިވަނީ ދެ އަހަރަށެވެ.

ގޮޅިއެއްގެ އެވްރެޖު ބޮޑުމިނަކީ 73.33 އަކަފޫޓެވެ.

މި ގޮޅިތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ އަދި ރަށު މާރުކޭޓުގައި ގޮޅިއެއް ނެތް ދިވެހިންނަށެވެ.

ބީލަން ހުށަހަޅަން ޖެހެނީ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިންނެވެ.