ހ. ޝީރީންވިލާގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްއަށް ދައުލަތުން އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދީފި އެވެ.
ޝާހިލް އަށް އެހެން ވަކީލަކު ހަމަޖައްސަން ފުރުސަތު ދިނީ ދައުލަތުން އެންމެ ފުރަތަމަ އޭނާއަށް ހަމަޖައްސައިދިން ވަކީލް މައްސަލަ އިން ތަނާޒުލްވުމާ ގުޅިގެންނެވެ.
ކްރިމިނަލް ކޯޓުން މައުލޫމާތު ދޭ ގޮތުގައި ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެނަން ސާހިލް ބޭނުންވާތީ ދައުލަތުން ވަކީލަކު ހަމަޖައްސަން ދީފައިވަނީ ފަސް ވަރަކަށް ދުވަހެވެ.
ޖިނާއީ ބޮޑެތި މައްސަލަތަކުގައި އަމިއްލައަށް ވަކީލަކު ހޯދާނެ ތަނަވަސްކަން ނެތް މީހުންނަށް ދައުލަތުން ވަކީލުން ހަމަޖައްސައިދިނުމަކީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެކެވެ.
ސާހިލްގެ މައްޗަށް މިދިޔަ ޑިސެމްބަރު 22 ވަނަ ދުވަހު ދައުލަތުން ވަނީ ފަސް ދައުވާއެއް ކޮށްފަ އެވެ. ނަމަވެސް އޭނާގެ މައްޗަށް އުފުލި ދެ ދައުވާގެ މައުލޫމާތު ދައުލަތުން ހިއްސާކޮށްފައެއް ނުވެ އެވެ. ދައުލަތުން ހާމަކުރި ދައުވާތަކުގެ ތެރޭގައި ހިމެނެނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ އިތުރުން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކެނެބިސް ބޭނުންކުރުމުގެ ދައުވާ އެވެ.
ޝިއާއު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އަހަރުގެ އޮގަސްޓް މަހުގެ ހަވަނަ ދުވަހުގެ ރެ އެވެ.