އިލެކްޝަންސް ކޮމިޝަން

ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާންމުކުރުމަށްފަހު ޝަކުވާއަށް ހުޅުވާލައިފި

ރިޔާސީ ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކޮށްފައިވާ ވޯޓު ފޮށީގައި ހިމެނޭ މީހުންގެ ރަޖިސްޓްރީ އިލެކްޝަން ކޮމިޝަން (އީސީ) އިން އާންމުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މި ރަޖިސްޓްރީއާ ގުޅޭގޮތުން ޝަކުވާއެއް އޮތްނަމަ މިއަދު ހެނދުނު 08:30 އިން ފެށިގެން މާދަމާ މެންދުރުފަހު 03:00 އަށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ.

ރަޖިސްޓްރީ ބެލެނޭ ގޮތަކީ VR space IDNO ޖެހުމަށްފަހު 1414 އަށް މެސެޖުކޮށްގެންނާއި ކޮމިޝަންގެ ވެބްސައިޓުންނެވެ.

ރަޖިސްޓްރީ އަށް ޝަކުވާ ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާއްސަ ފޯމެއް ތައްޔާރުކޮށްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ރާއްޖެ އިން ބޭރުގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ގައުމުތަކުގައި ޝަކުވާ ހުށަހަޅާ ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ އެ ތަންތަނުގައި ރާއްޖޭގެ ކޮންސިއުލޭޓް ތަކުނާއި ހައިކޮމިޝަންތަކުން ކަމަށެވެ.

ޝަކުވާ ހުށަހެޅުމަށް މިހާރު އޮތް ފުރުސަތު ދީފައިވަނީ ހަމައެކަނި ރަޖިސްޓަރީވެފައިވާ ތަނުގެ މައުލޫމާތާ ގުޅޭގޮތުން އެކަންޏެވެ.