ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ހަދަނީ

މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ހެދުމަށް އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
0%
0%
0%

ލ. މާވަށުގައި އައިސް ޕްލާންޓަކާއި ކޯލްޑް ސްޓޯރޭޖެއް ހެދުމަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވީ ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު އެވެ.

މާވަށުގައި ހަދަނީ 25 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ ކޯލްޑް ސްޓޯރޭޖެކެވެ.

މިމަޝްރޫއަށް 5.5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ނިންމާފައިވާއިރު މަސައްކަތް ނިންމަން ދީފައިވަނީ ހަމަސް ދުވަހެވެ.

މަސްވެރިންނަށް ފަސޭހައިން އަވަސް ލިބޭނެ ގޮތްތަކެއް ހަމަޖައްސައިދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މިފްކޯ އިން ރަށްރަށުގައި ހުރި ހިންގަމުން ދިޔަ އައިސް ޕްލާންޓްތައް މިހާރު ވަނީ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުވެސް ކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345