މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯލެވަލްގެ ނަތީޖާ ދޫކުރަން ފަށައިފި

އޯލެވަލް އިމްތިހާނުގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފި އެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) އިން ބުނީ އެސްއެސްސީ އިމްތިހާނުގެ ނަތީޖާ މިއަދު ހެނދުނު 9:00 ގައި އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ ހެނދުނު 10:00 އިން ފެށިގެން ސެންޓަރުތަކުން ލިބޭނެ ކަމަށެވެ.

އަމިއްލަ ގޮތުން އިމްތިހާން ހެދި ދަރިވަރުންނަށް ނަތީޖާ ދޫކުރަމުން ދަނީ މިއަދު މެންދުރު 12:00 އިން ފެށިގެންނެވެ.

އިމްތިހާނުގެ ނަތީޖާއާ ރީޗެކްކުރަން އެދޭ ދަރިވަރުންނަށް މިމަހުގެ ނިޔަލަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އެ ދަރިވަރަކު އިމްތިހާން ހެދި ސެންޓަރެއް މެދުވެރިކޮށް އެކަން ހަމަޖެއްސުމަށްވެސް ޑީޕީއީ އިން ވަނީ އެދިފަ އެވެ.

މިދިޔަ ޖޫން ޖުލައިގައި ބޭއްވި އޯލެވެލް އިމްތިހާނުގައި ރާއްޖެއިން 6،106 ދަރިވަރުން ބައިވެރިވި އެވެ.