ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މިއީ ގޭންގުތަކާ ގުޅުން ނެތް، އަމާންކަން ގާއިމުކުރި ސަރުކާރު: ރައީސް

ރައީސް ސޯލިހް އއ. މާޅޮހު ޖަލްސާގައި ވާހަކަދައްކަވަނީ
0%
0%
0%

މިއަދުގެ ސަރުކާރަކީ ގޭންގުތަކާ ގުޅުމެއް ނެތް ސަރުކާރަކަށްވާތީ ނިމިގެން މިދިޔައީ އެންމެ ކުށް މަދު ފަސް އަހަރު ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އއ. މާޅޮހުގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ގޭންގުތަކާ ގުޅުން އޮންނަ ސަރުކާރަކަށް އަމާންކަމެއް ގާއިމުކޮށް ނުދެވޭނެ ކަމަށެވެ. މިސަރުކާރު 2018ގައި ވެރިކަމަށް އައީ ވެސް ގޭންގުތަކުގެ އެހީތެރިކަން ނެތި ކަމުގައި ވިދާޅުވި އެެވެ. ކުށްތައް އިތުރު ވެގެން ދަނީ ގޭންގުތަކާއި ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން އޮންނާތީ ކަމަށްވެސް ރައީސް ތުހުމަތުކުރެއްވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގައި އޮތީ ނުރައްކާތެރި ކުށުގެ ހާލަތެއް ކަމަށެވެ. އޭރު ކޮންމެ މަހަކު މީހަކު މަރާލަމުން ދިޔަ ކަމަށާއި ކޮންޓްރޯލް ދަތިވާ ވަރަށް މާރާމާރީތައް އޮތީވެސް އިތުރުވެފައި ކަމަށް ވިދާޅުވި އެވެ.

"ކުރީ ފަސް އަހަރަށް ބަލާއިރު މާލޭގެ މަގުމަތީގެ ހާލަތު އޮތް ގޮތް ވިސްނާވަޑައިގަންނަވާ. މަހަކު ކުއްޖަކު އަޅުގަނޑުމެންގެ ޒުވާނަކު ކަތިލާ. ވަޅި ހަރައި މަރާލަމުން ގެންދިޔައީ. ފުލުހުންނަށް އެކަން ކޮންޓްރޯލް ކުރަން ދަތިވެގެން ސިފައިން ނެރެން ޖެހުނު،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް އއ. މާޅޮހުގައި

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން މިއަދު ބޭނުންވަނީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް ކަމަށާއި މިސަރުކާރުން އެ މަސައްކަތުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ ގޭންގުތަކުން ސިޔާސީ މީހުންނަށް ތަފާތު ހުށަހެޅުންތައް ހުށަހަޅައި ބާރުވެރިކަން ހޯދާ ކަމަށެވެ. އެކަމަކު މިސަރުކާރުން ގޭންގުތަކުގެ އެހީތެރިކަން ހޯދައިދީފައި ނުވާ ކަމަށާއި މިދިޔަ ފަސް އަހަރު އަމާންކަން ގާއިމުކުރެވުނީ އެހެންވެގެން ކަމުގައިވެސް ވިދާޅުވި އެވެ.

ގޭންގުތަކުގައި އުޅޭ ކުދިން ބާކީކޮށްލުމުގެ ބަދަލުގައި އެމީހުން ކުށުގެ ވެށިން ދުރުކޮށް ރަނގަޅު ފުރުސަތުތައް ހޯދައިދިނުމަކީ ސަރުކާރުން ކުރަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. މިރޭ ހާމަކުރާ އެމްޑީޕީގެ މެނިފެސްޓޯގެ ތިންވަނަ ބައިގައި މަގުމަތިވެފައި ތިބި ޒުވާނުންނަށް އެހީވުމަށް ހުރި ގޮތްތައް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345