ސިވިލް ކޯޓް

ސިވިލް ކޯޓަށް ވަގަށް ވަތް މައްސަލައެއް ބަލަނީ

ސިވިލް ކޯޓަށް ރޭ ފަތިހު މީހަކު ވަގަށް ވަތް މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު 3:57 ހާއިރު މައްސަލަ ރިޕޯޓްކޮށްފައިވާތީ އެކަން ބަލަމުންދާ ކަމަށެވެ.

ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާގައި ހުންނަ ސިވިލް ކޯޓަށް މީހަކަށް ވަން މައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އެތަނުން އެއްވެސް އެއްޗެއް ނެގިކަން އަދި މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.