ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކިރްގިސްތާނަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.
ރާއްޖެއާއި ކްރިގިސްތާން އާއި ދެމެދު ވިސާއާ ނުލާ ދަތުރުކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު ގައެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މި އެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް 30 ދުވަހަށް ކިރްގިސްތާނަށް ދެވޭނެ ކަމަށެވެ.
ކިރްގިސްތާނަށް ވަޒީފާ އަދާކުރުމަށާއި ކިޔެވުމަށާއި ދިގު މުއްދަތަކަށް ތިބުމަށް ދާނަމަ ވިސާ ބޭނުންވާނެ ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ވިސާއާ ނުލާ ވަރަށް ގިނަ ގައުމުތަކަށް ދަތުރުކުރުމުގެ ފުރުސަތު މިހާރު ދިވެހިންނަށް ލިބިފައިވެ އެވެ.