އޮބިޗުއަރީ

އާނިޔާ ނިޔާވެއްޖެ

އިސްލާހީ ހަރަކާތާއި ނޫސްވެރިކަމުގައި މަސައްކަތް ކުރި އައިޝަތު އާނިޔާ ނިޔާވެއްޖެ އެވެ.

އާނިޔާ މިއަދު ނިޔާވީ ކެންސަރު ބަލީގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ކުރިއަށް ގެންދިޔަ އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވުމާ ގުޅިގެން އެކި ފަހަރު މަތިން އޭނާ ޖަލަށްލާފައިވެ އެވެ.

އާނިޔާ ކުރިން ވަނީ މިނިވަން ނޫހާއި މިނިވަން ރޭޑިއޯގައި ނޫސްވެރިޔެއްގެ ގޮތުގައިވެސް މަސައްކަތް ކޮށްފަ އެވެ.

އެމްޑީޕީ އުފެއްދިތާ އެންމެ ކުރީކޮޅު އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމުވެސް އާނިޔާ ކުރިން އަދާކޮށްފައިވެ އެވެ.