ފިނިޕޭޖް

ޑޮލީ ޕާޓަން، ދަ ބީޓްލްސްގެ "ލެޓް އިޓް ބީ" ކިޔައިފި

ކަންޓްރީ ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ޑޮލީ ޕާޓަން، ދަ ބީޓްލްސްގެ މަޝްހޫރު ލަވަ "ލެޓް އިޓް ބީ"ގެ ވާޝަންއެއް ނެރެފި އެވެ.

މި ވާޝަންއަކީ ޑޮލީގެ ފުރަތަމަ ރޮކް އަލްބަމް "ރޮކްސްޓާ" އަށް ކިޔާފައިވާ ލަވަ އެކެވެ.

މި ލަވަ ޑޮލީ ކިޔާފައިވަނީ ދަ ބީޓްލްސްގެ ހަތަރު މެންބަރުންގެ ތެރެއިން ދުނިޔޭގައި ތިބި ޕޯލް މެކްކާޓްމީ އާއި، ރިންގޯ ސްޓާގެ އިތުރުން ޕީޓާ ފްރެމްޓަން އާއި މިކް ފްލީޓްވުޑްއާ އެކު އެވެ.

މިއީ "ރޮކްސްޓާ" އަލްބަމްގެ ޑޮލީ ރިލީޒްކޮށްފައިވާ ހަތަރުވަނަ ލަވަ އެވެ. އަދި މިއީ އަސަރުގަދަ އަދި ބާރުގަދަ ވާޝަން އެކެވެ.

މިދިޔަ މޭ މަހު އެމެރިކާގެ ޑޮލީ ޕާޓާން ރޮކްސްޓާއަކަށް ބަދަލުވާ ވާހަކައިން މީހުން ހައިރާންކޮށްލި އެވެ.

މީގެ ކުރިން އޮރިޖިނަލް ދެ ލަވަ ކަމުގައިވާ "ވޯލްޑް އޮން ފަޔާ" އާއި ރޮބް ހެލްފޯޑްއާ އެކު ކިޔާފައިވާ "ބައިގޯންސް" އަދި ކާލްގެ "މެޖިކް މޭން" އޭން ވިލްސަން އާއެކު ކިޔާފައި، ރިލީޒްކޮށްފައިވެ އެވެ. މި އަލްބަމް ތައާރަފްކުރުމުގެ ގޮތުން "ވޯލްޑް އޮން ފަޔާ" މޭ މަހު އެވޯޑް ޝޯއެއްގައި ޕާފޯމްކޮށްފައިވެ އެވެ.

"ރޮކްސްޓާ" ކިޔާ މި ރޮކް އަލްބަމްގައި 30 ލަވަ ހިމެނޭއިރު މީގެ ތެރޭގައި ނުވަ އޮރިޖިނަލް ލަވައާއި އެކި ރޮކް އާޓިސްޓުންނާއެކު ކޮލޭބޮރޭޓްކޮށް 21 ކްލެސިކް ލަވަ ޑޮލީ ކިޔާނެވެ.

މި އަލްބަމް އެއްކޮށް ރިލީޒްކުރާނީ ނޮވެމްބަރު 17 ގައެވެ. އެހެންނަމަވެސް ސްޓްރީމިން ސާވިސްތަކުންނާއި ޑިޖިޓަލް ޑައުންލޯޑްގެ އިތުރުން ވައިނީލް ރެކޯޑް އަދި ސީޑީ މެދުވެރިކޮށް ގަންނަން ލިބޭނެ އެވެ.