އެމްޑީޕީ

މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުވި ސިޓީއެއްގައި މޫސާ ސިރާޖު ވިދާޅުވީ އެމްޑީޕީން ވަކިވަނީ އެ ޕާޓީގައި އިތުރަށް ހުންނެވުމަށް ބޭނުން ނުވާތީ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިތުރަށް ހުންނަން ނުވާތީ ތިޔަ ޕާޓީގެ ދަފްތަރުން މިއަދުން ފެށިގެން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދެމެވެ." މޫސާ ސިރާޖު މިއަދު ފޮނުއްވި ސިޓީގައިވެ އެވެ.

މޫސާ ސިރާޖު އެމްޑީޕީގައި މިދިޔަ ދުވަސްތަކުގައި ހުންނެވި ނަމަވެސް އަދި މިދިޔަ ޖެނުއަރީގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އެންމެ ފަހު ވަގުތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރެއްވި ނަމަވެސް ސަރުކާރާ ދުރުގައި އޭނާ ހުންނަވާތާ ދުވަސްތަކެއް ވެއްޖެ އެވެ.

މާލެ ރައްޔިތުންނަށް މިސަރުކާރުން ގޯތި ދޭން ނިންމުމުން ވެސް އެކަމާ ދެކޮޅަށް މޫސާ ސިރާޖު ވާހަކަދައްކަވާފައިވެ އެވެ.

އިތުބާރު ހުރި ބައެއް ފަރާތްތަކުން އަވަސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި ދަ ޑިމޮކްރެޓްސްއާ އޭނާ ގުޅިވަޑައިގަތުމުގެ މަޝްވަރާތައް ކުރިއަށް އެބަދެ އެވެ.