އެމެރިކާ ޑޮލަރު

ޑޮލަރުގެ އަގު ބޮޑުތަނުން އުފުލިއްޖެ

ކަޅުބާޒާރުގައި ޑޮލަރުގެ އަގު ބޮޑުތަނުން އުފުލި ޑޮލަރެއްގެ އަގު 18.30ރ އަށް އަރައިފި އެވެ.

ޑޮލަރުގެ ވިޔަފާރިކުރާ މީހަކު އަވަސްއަށް ބުނި ގޮތުގައި ޑޮލަރުގެ އަގު މިހާބޮޑަށް އުފުލުނީ މީގެ ހަފުތާއެއް ކުރިންނެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވި ނަމަވެސް ޑޮލަރުގެ އަގު އުފުލޭ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ވިޔަފާރީގެ މުއާމަލާތްތަކަށް ޓޫރިސްޓުން ކާޑް ބޭނުންކުރުމެވެ.

ނިމިދިޔަ ބޮޑު ޗުއްޓީ އަދި ހައްޖު ދުވަސްވަރަށް ޑޮލަރުގެ ޑިމާންޑް އުފުލި ޑޮލަރެއްގެ އަގު 18ރ. އަށް އެރި ނަމަވެސް ފަހުން ޑޮލަރުގެ އަގު ހުރީ 17.40ރ ގަ އެވެ.