އެމެރިކާ ޑޮލަރު

ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގާތީ ސަމާލުވުމަށް އެދިއްޖެ

ޑޮލަރު ވިއްކުމުގެ ސްކޭމްތަކެއް ހިންގަމުން ދާތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށް އެވެ.

ފުލުހުން ބުނީ ޑޮލަރު ވިއްކާ ކަމަށް ބުނެ ސޯޝަލްމީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަކަރާއި ހީލަތުން ފައިސާ އަތުލުމުގެ އަމަލުތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންވެ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތް ކުރުމުގައި އިތުބާރުހުރި އަދި ގާނޫނީ ގޮތުން ހުއްދަ ލިބިފައިވާ ފަރާތްތަކާ މުއާމަލާތް ކުރުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅޭނެ މުހިއްމު ފިޔަވަޅެއް ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ރާއްޖެއަށް ބޭރު ފައިސާ ލިބުން ދަތިވެފައިވާތީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ.

ބޭރު ފައިސާގެ ވަގުވިޔަފާރީގައި ބިދޭސީން ހަރަކާތްތެރިވާއިރު ޓެލެގްރާމް، ފޭސްބުކް، ވައިބާ ފަދަ ސޯޝަލްމީޑިގެ ވަސީލަތްތަކުގައި މިފަދަ ސްކޭމްތައް ހިންގާ އަދަދު ވަނީ ވަރަށް ބޮޑަަށް އިތުރުވެފަ އެވެ.