މޯލްޑިވްސް ޕޮލިސް ސާވިސް

ސައްހަ ނޫން ޑޮލަރާއެކު މީހަކު ހައްޔަރުކޮށްފި

ސައްހަ ނޫން ޑޮލަރުން ވިޔަފާރި ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ދީފަ އެވެ.

އޭނާގެ އަތުން ފެނިފައިވާ ސައްހަނޫން ޑޮލަރުތަކުގެ ފޮޓޯ ފުލުހުން ވަނީ ހެކީގެ ގޮތުގައި ކޯޓަށް ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާގެ ފަރާތުން ކޯޓުގައި ބުނެފައިވަނީ އެ ޑޮލަރުތަކަކީ މަގުމަތިން ފެނުނު ކޮތަޅެއްގެ ތެރޭގައި ހުރި އެއްޗެއް ކަމަށެވެ.