ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެމްޑީޕީގެ މެނިފެސްޓޯ: މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "ހެޔޮވެރިކަން" ސިޔާސަތުގައި ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހިމަނާފަ އެވެ.

މީގެ އިތުރުން މެމްބަރުންގެ އަދަދު ކޮންމެ ފަސްއަހަރަކުން އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށް ބުނެފައިވެ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރާނެ ކަމަށް ނާޒިމު ވިދާޅުވިއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތް އޮތުން ބަދަލުުރުމަށް ގާނޫނު އަސާސީ އިސްލާހުކުރާނެ ކަމަށް ބުނެފައިވާއިރު ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ހަ ގޮނޑި އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ގޮނޑި އިތުރުވާ އަތޮޅުތައް

  • މާލެ ސިޓީއަށް ދެ ގޮނޑި
  • އައްޑޫ ސިޓީއަށް އެއް ގޮނޑި
  • ކ. އަތޮޅަށް އެއް ގޮނޑި
  • ބ. އަތޮޅަށް އެއް ގޮނޑި
  • ގއ. އަތޮޅަށް އެއް ގޮނޑި

މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމަކީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ބައެއް ބޭފުޅުންގެ ވައުދެކެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވާނީ އާބާދީގެ ކޮންމެ 5،000 މީހަކަށް މެންބަރެކެވެ. ގާނޫނުއަސާސީ މިހާރު އޮތް ގޮތުން އާބާދީ އިތުރުވާ ވަރަކަށް މެންބަރުންވެސް އިތުރުވެ އެވެ. އެއީ ބޮޑު ކަންބޮޑުވުމެއް ކަމަށް ދެކިގެން ބައެއް މަޖިލިސް މެންބަރުން މީގެ ކުރިން ވަނީ މެންބަރުންގެ އަދަދު ހިފެހެއްޓުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅުއްވާފަ އެވެ. ނަމަވެސް މިފަދަ އިސްލާހުތައް މަޖިލީހުން ވަނީ ބޭރުކޮށްލާފަ އެވެ.