މި ސީޒަނުގެ ޔޫރަޕިއަން ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ކުޅޭ ބޯޅަ ދައްކާލައިފި އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުން ފެށިގެން މި ބޯޅަ ބޭނުންކުރާނެ އެވެ.
ބޯޅަ ތައްޔާރުކޮށްފައިވަނީ މަޝްހޫރު އެޑިޑާސް ކުންފުނިންނެވެ. ކުޅިވަރު ސާމާނު ވިއްކަން މަޝްހޫރު ކުންފުނިން ބުނީ ބޯޅަ ތައްޔާރުކޮށްފައިވަނީ ކުޅުންތެރިންނަށް އެންމެ ފަސޭހަވާނެ ގޮތްތަކަށް ބަލައިގެން ކަމަށެވެ. އަދި އިޓަލީގެ މިލާނުގައި ފައިނަލް މެޗު ކުޅޭތީވެ، މިލާން ރަމްޒުކޮށްދޭ ސިފަތަކާއި ކުލަތަކާއި ތަންތަން ބޯޅައިގެ ކުރެހުމުގައި ދައްކައިދީފައިވާނެ ކަމަށެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވެނީ ބޯޅައިގެ ކުރަހާފައިވާ ފަށްތަކެވެ.
މިއީ މުބާރާތުގެ ފައިނަލް މެޗު ކުޅޭ އިޓަލީގެ މަޝްހޫރު ސެންސީރޯ ސްޓޭޑިއަމުގެ ރަމްޒުކޮށްދޭ ރިންގުތަކެވެ.
މި ބޯޅަ އެންމެ ފުރަތަމަ ބޭނުންކޮށްފައިވާ ޓީމަކީ ޗެލްސީ އެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް ބުރުގެ މެޗުތައް މިރޭ ފަށާނެ އެވެ. މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި އެންމެ ފާހަގަ ކުރެވެނީ ޗެލްސީ އާއި ފްރާންސްގެ ޕީއެސްޖީ ކުޅޭ މެޗެވެ. ޕޯޗުގަލްގެ ބެންފީކާ އާއި ޒެނިތު ވެސް މިރޭ ކުޅޭއިރު މާދަމާ ރޭ ރޯމާ އާއި ރެއާލް މެޑްރިޑް ވެސް ވާދަކުރާނެ އެވެ.