ޖަރުމަނުގެ ޝާލްކޭ އަށް ކުޅެމުން އަންނަ ޑިފެންޑަރު ޖޮއެޕް މަޓިޕް ލިވަޕޫލަށް ބަދަލުވާން ނިންމައިފި އެވެ.
މިކަން ދެ ކުލަބުން ވެސް ޔަގީންކޮށްދީފައިވާއިރު 24 އަހަރުގެ ކުޅުންތެރިޔާ ލިވަޕޫލާ ގުޅޭނީ މި ސީޒަން ނިމުމުންނެވެ.
ޝާލްކޭއިން ބުނެފައިވަނީ ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހު އެކުލަބުން މަޓިޕް ލައްވައި އާކޮންޓްރެކްޓެއްގައި ސޮއިކުރުވަން މަސައްކަތް ކުރިކަމަށެވެ. ނަމަވެސް އެމީހުންނަށް ކުޅުންތެރިޔާގެ ވިސްނުން ބަދަލު ނުކުރެވުނީ ކަމަށެވެ.
މަޓިޕް ބުނެފައިވަނީ އޭނާ އަށް ޝާލްކޭ އަކީ ބޮޑު އާއިލާއެއް ކަމަށާއި ކުލަބު ބަދަލު ކުރަން ނިންމީ މުޅިން އާ ރަނގަޅު ހުށަހެޅުމެއް ލިބުމުން ކަމަށެވެ.
ފްރާންސާއި އިނގިރޭސި ލީގުގެ ކުލަބުތަކުން އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާއިރު މަޓިޕް ލިވަޕޫލާ ގުޅެން ނިންމި މައިގަނޑު ސަބަބަކީ އެ ޓީމުގެ މިހާރުގެ ކޯޗު ޖަރުމަނުގެ ޔާގެން ކްލޮޕެވެ. އޭނާ ދަނީ މި ސީޒަނަށް ފަހު ލިވަޕޫލްގެ ސްކޮޑަށް ބޮޑު ބަދަލުތަކެއް ގެނައުމަށް ތައްޔާރުވަމުންނެވެ.