ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ކަމަށް ޝިޔާން އިންތިހާބުވީ ވެސް އެމްޑީޕީގެ ޓިކެޓް ގައެވެ.
އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކަށްފަހު ޝިޔާން މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް މުހައްމަދު ނަޝީދާ އެކު އެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމާ ގުޅިގެން އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވި މެންބަރުންގެ ތެރޭގައިވެސް ޝިޔާން ހިމެނެ އެވެ.
ޝިޔާން މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެން އޭނާގެ މެންބަޝިޕް ފޯމު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރައްވާފަ އެވެ.
އެމްޑީޕީގައި ހުންނެވުމަށްފަހު ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވި ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް މިދިޔަ ހަފްތާ ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.