ބޭންކް އޮފް މޯލްޑިވްސް

ބޭރުގެ މުއާމަލާތްތަކުގައި އެމެކްސް ކާޑު ބޭނުންކުރެވޭ ގޮތް ބީއެމްއެލް އިން ހަދައިފި

Aug 19, 2023

ބޭރުގެ މުއާމަލާތްތަކުގައި ދިވެހި ރުފިޔާގެ އެކައުންޓާ ލިންކްކޮށްފައިވާ ބީއެމްއެލް އެމެރިކަން އެކްސްޕްރެސް -- އެމެކްސް ކާޑު ބޭނުންކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް -- ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ބޭރުގެ މުއާމަލާތްތަކުގައި އެމެކްސް ކާޑުން ކޮންމެ މަހަކުވެސް 250 ޑޮލަރަށްވާ ވަރަށް މުއާމަލާތް ކުރެވޭނެ ކަމަށެވެ.

މިއީ ބޭރުގެ މުއާމަލާތްތަކުގައި ދިވެހި އެކައުންޓަކާ ލިންކްކޮށްފައިވާ ބީއެމްއެލް އެމެކްސް ކާޑު ބޭނުންކުރެވޭ ގޮތް ހެދި ފުރަތަމަ ފަހަރެެވެ.

ބީއެމްއެލްގެ ވިސާ ޑެބިޓް ކާޑުތައް ބޭނުންކޮށްގެންވެސް ބޭރުގެ މުއާމަލާތްތައް ކުރެވެ އެވެ.