މޯލްޑިވްސް ޕޮލިސް ސާވިސް

ގެއްލިގެން ހޯދި މީހާ ފެނުނީ ޑްރަގަށް ފަރުވާ ހޯދަނިކޮށް

ހުޅުމާލެ އިން މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ ހއ. ބާރަށު ޝައިނިންސްޓާ، މުހައްމަދު ތައުފީގު 35، ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އޭނާ ފެނުނީ މިއަދު މާލެ އިން ކަމަށާއި ހާލު ރަނގަޅު ކަމަށެވެ. މުހައްމަދު ފެނުނު ތަނެއް ފުލުހުން ބުނެފައެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ މުހައްމަދު ފެނުނީ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން ފަރުވާ ހޯދަން ގޮސް ހުއްޓަ އެވެ.

ބާރަށު ބައެއް މީހުންގެ ފަރާތުން އަވަސްއަށް އެނގިފައިވާ ގޮތުގައި މުހައްމަދަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ.

މީހުން ގެއްލިގެން ފުލުހުންގެ އެހީތެރިކަމަށް އެދޭ މައްސަލަތައް މިފަހުން ވަނީ އިތުރުވެފަ އެވެ.