ދުނިޔެ

ފަރަންސޭސި ސްކޫލްތަކުގައި މުސްލިމް ދަރިވަރުންނަށް އަބަޔާ މަނާކުރަނީ

ފަރަންސޭސި ދަރިވަރުންތަކެއް އަބާޔާގައި. އެގައުމުގެ ސްކޫލްތަކުގައި މުސްލިމް ދަރިވަރުންނަށް އަބާޔާ މަނާކުރަން ދަނީ ތައްޔާރުވަމުން
0%
0%
0%

ފަރަންސޭސިވިލާތުގެ ސަރުކާރުން ވަކި ދީނަކަށް އިސްކަން ނުދިނުމަށް ގެންގުޅޭ ސިޔާސަތުގެ ދަށުން އެ ގައުމުގެ ސްކޫލްތަކުގައި އަބާޔާ ނުލެވޭނެ ކަމަށް ތައުލީމާ ބެހޭ ވަޒީރު ގެބްރިއެލް އަޓަލް ވިދާޅުވެއްޖެ އެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި އަމުރު ތަންފީޒުކުރުމަށް ސްކޫލްތަކަށް މި ހަފުތާގައި އަންގަވާނެ އެވެ.

އަބާޔާ އަކީ މުސްލިމް ކަނބަލުން ޒީނަތްތެރިވުމަށްވުރެ ހަށި ނިވައިކުރަން ލާ ހެދުމެކެވެ. މި ބޭނުމުގައި މުސްލިމް ދަރިވަރުން ނޫން ބަޔަކު ދުނިޔޭގެ އެއްވެސް ގައުމެއްގައި -- އެއްވެސް މަދަރުސާއެއްގައި މި ބާވަތުގެ ހެދުން އަޅައި ނޫޅެ އެވެ.

ފަރަންސޭސި ސަރުކާރުން މުސްލިމް ދަރިވަރުންނަށް އަމާޒުކޮށް މިފަދަ އަމުރެއް ނެރުނުއިރު އެ ގައުމުގައި މީގެ ކުރިންވެސް ވަނީ މިފަދައިން މުސްލިމު ކަނބަލުންނަށް ދަތި އުނދަގޫކޮށްފަ އެވެ.

މަދަރުސާ ކޮލެޖްތަކުގައި މޫނުބުރުގާ އެޅުމާއި ޝޮޕިން މޯލްތަކަށް ވަންނައިރު މޫނުބުރުގާ މަނާވުން އަދި އާންމު އެއްވުންތަކުގައި ވެސް -- ފަރަންސޭސިވިލާތުގެ އެކި ސިޓީތަކުގައި ވަނީ ހަރުކަށި އަމުރު ނެރެފަ އެވެ.

ތައުލީމާ ބެހޭ ވަޒީރު ވިދާޅުވި ގޮތުގައި، ފަރަންސޭސި ސަރުކާރުގެ މި އަމުރަކީ ވަކި ދީނަކަށް ހުރަސްއެޅުމަށް ކުރާ ކަމެއް ނޫނެވެ. މިއީ ކުދިން މިނިވަންވުމަށް ދެވޭ ފުރުސަތެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މުސްލިމް ދަރިވަރުންނަށް އަމާޒުކޮށް މިފަދައިން ހުޅަނގުގައި ހިންގާ އަނިޔާވެރި އަމަލުތައް ބައެއް އެހެން ދީންތަކަށްވެސް އަމާޒުވެ އެވެ. މިގޮތުން ޔަހޫދީންނާއި ނަސާރާއިންގެ ބައެއް ބައިގަނޑުތަކަށް ދަތިތައް ވަނީ ކުރިމަތިވެފަ އެވެ.

ޔަހޫދީންނާއި ނަސާރާއިންގެ ތެރޭގައިވެސް ހަށިގަނޑު ނިވައިކުރުމުގެ އާދައެއް އޮވެ އެވެ. ނަމަވެސް މުސްލިމް ދަރިވަރުންނަށް އަމާޒުކޮށް ޖަހާ މަޅީގައި ނަސާރާއިންނާއި ޔަހޫދީން ޖެހެނީ އެވެ.

މުސްލިމް ކަނބަލުން ހަށި ނިވައިކުރުމަށް ލާ ހެދުމަކީ ދީނީ ގޮތުން އެ ކަނބަލުންގެ މައްޗަށް އޮންނަ ވާޖިބެއް އަދާކުރުމަށް އަޅާ ހެދުމެކެވެ. ނަމަވެސް، ވަކި ދީނަކަށް ލޯބިނުކުރާ އަދި ދީނީ ގޮތުން އެއްވެސް ކުލަވަރެއް ގަބޫލުނުކުރާ މީހުން ދެކޭ ގޮތުގައި، މޫނު ނިވައިކުރުމާއި އަބާޔާ ލުމަކީ ދީނީ ކަމެއް ނޫނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345