މަސްތުވާތަކެތި

ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

މެލޭޝިއާ އިން ރާއްޖެއަށް ވައިގެ މަގުން އެތެރެކުރި ދެ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެވުނީ މިމަހުގެ 21 ވަނަ ދުވަހު 103UL އިން މެލޭޝިއާ އިން އައި އެއާ ކާގޯ ޝިޕްމަންޓެއް ޗެކްކުރަމުންދިޔައިރު ޝައްކު ކުރެވޭ ޒާތުގެ ބާވަތެއް ހުރުމުން އެތަކެތި އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

މިތަކެތި ތަހުލީލުކުރުމުން ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެ އެވެ.

ކަސްޓަމްސް އިން ބުނީ ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 1.6 ކިލޯ ގުރާމް ހުރިއިރު މަގުމަތީ އަގު ދެ މިލިއަން ދިވެހި ރުފިޔާއަށް އަރާނެ ކަމަށެވެ.

މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ.