ރިޔާސީ އިންތިހާބު 2023

ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލްކޮށްފި

ދައުލަތުގެ މީޑިއާ -- ޕީއެސްއެމްއާއި ގައުމީ ޔުނިވަސިޓީ (އެމްއެންޔޫ) ގުޅިގެން އިންތިޒާމު ކުރި ރިޔާސީ ބަހުސް ކެންސަލް ކޮށްފި އެވެ.

މިބަހުސް ބާއްވަން އޮތީ އަންނަ ހުކުރު ދުވަހުގެ ރެ އެވެ. ފަހު ވަގުތު ބަހުސް ކެންސަލް ކޮށްފައިވަނީ އެރޭ އެމްޑީޕީގެ ބޮޑު ޖަލްސާއެއް އޮތުމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަހުސްގައި ބައިވެރިވެވެން ނެތުމުންނެވެ.

އެމްޑީޕީން ވަނީ ރިޔާސީ ބަހުސް ފަހުގެ ތާރީހަކަށް ފަސްކޮށްދިނުމަށް އެދިފަ އެވެ.

ޕީއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތިގެން ބަހުސް ފަސްކުރުމަކީ އެހެން ކެންޑިޑޭޓުން ކެމްޕޭން ކުރަން ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ޕީއެސްއެމް އިން މިހާރު ނިންމާފައިވަނީ ރިޔާސީ ބަހުސެއް ފަހުގެ ތާރީހަކަށް ރާވާފައިވާ އެހެން ބަޔަކާ ގުޅިގެން ބަހުސް ކުރިއަށް ގެންދިއުމެވެ.

އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ސަންގު ޓީވީން ވެސް ވަނީ ރިޔާސީ ބަހުސެއް ރާވާފަ އެވެ.

"ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމް އިން ޕާޓްނާ ވެގެން ކުރިއަށް ގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަން އެންމެހާ ބޭފުޅުންގެ މައުލޫމާތަށްޓަކައި ދެންނެވީމެވެ،" ބަޔާނުގައި ބުންޏެވެ.\