ފިނިޕޭޖް

އަޝާންތީގެ އާ ފިލްމް "ދަ ޕްލަސް ވަން" ޓްރޭލާ ނެރެފި

ލަވަ ކިޔުންތެރިޔާ އަދި އެކްޓްރެސް އަޝާންތީގެ އާ ފިލްމް -- "ދަ ޕްލަސް ވަން"ގެ ޓްރޭލާ ނެރެފި އެވެ.

ރޮމޭންޓިކް ކޮމެޑީއެއް ކަމުގައިވާ "ދަ ޕްލަސް ވަން"ގެ ޓްރޭލާއިން ފެންނަނީ އަޝާންތީ ކައިވެނިކުރަން އުޅޭ ލިޒީގެ ރޯލު އަދާކުރާ ތަނެވެ. ލިޒީގެ ބައްޕަ (ސެޑްރިކް ދި އެންޓަޓޭނާ) އުޅެނީ ކައިވެނީގެ ހަރަދު ބޮޑުވެގެންނެވެ.

ލިޒީގެ އެންމެ ގާތް ރަހްމެތްތެރިޔާ މާޝަލް (ޖޮނަތަން ބެނެޓް) އަށް ކައިވެންޏަށް ދައުވަތު ދިން އިރު، ލިޒީ އެދުނީ މާޝަލްގެ ކުރީގެ ލޯބިވެރިޔާ މަރީ (ކެސެންޑްރާ ސާބޯ) ނޫން މީހަކު ފްލޮރިޑާގައި އޮންނަ ލިޒީގެ ވެޑިންއަށް ގެނައުމަށެވެ. އެހެންނަމަވެސް މާޝަލް، މަރީ ގޮވައިގެން އައިސް ހޮޓަލްގެ ލޮބީ އިން ފެންނަ ހިސާބުން ފެށިގެން، ލިޒީގެ މުޅި ވެޑިން ފަނިވެ އެވެ.

ލިޒީގެ ކައިވެނި މުޅިން ގަޑުބަޑުކުރަން މަރީ ގިނަ ކަންތައްތަކެއް ކުރެ އެވެ.

އޭރިކް ވައިޓް ޑައިރެކްޓްކުރި މި ފިލްމުގެ އިތުރު ކާސްޓްގައި މިޝޭލް ހާޑް، ބީ ޖޭ ބްރިޓް، ވެސްލީ އާމްސްޓްރޯން، ޖޫލިސާ ބާމިއުޑޭޒް، ކެތީ ޝިމް އަދި އޭމީ އެލިޒަބަތް ޖެކްސަން ހިމެނެ އެވެ.

މި ފިލްމު ސިނަމާތަކުގައި އަޅުވާނީ މިމަހުގެ 29 ވަނަ ދުވަހު އެވެ.