ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެތައް ސަތޭކަ ބަޔަކާ އެކު އެމްޑީޕީ ބޮޑު ޖަލްސާ ކުރިއަށް

އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމުމަށް މާލޭގައި ބާއްވާ ބޮޑު ޖަލްސާ އެތައް ސަތޭކަ ބަޔަކާ އެކު މިރޭ ފަށައިފި އެެވެ.

މިޖަލްސާ ކުރިއަށް ގެންދަނީ "އުފާވެރި މާލެ" ނަމުގައި މާލޭގެ ކާނިވާ ސަރަހައްދު ގައެވެ.

މިޖަލްސާގައި ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދެވަނަ ދައުރެއްގައި މާލެ އާއި މާލެ ސަރަހައްދު ތަރައްގީކުރުމަށް ގެންގުޅުއްވާ ސިޔާސަތު ހާމަކުރައްވާފަ އެވެ.

މިޖަލްސާގައި އެމްޑީޕީއާއި އެ ޕާޓީގެ ކޯލިޝަން ބައިވެރިން ކަމަށްވާ އަދާލަތު ޕާޓީ އަދި އެމްޑީއޭގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް ބައިވެރިވެ އެވެ.

ކާނިވާ ސަރަހައްދުގައި ބާއްވާ މި ޖަލްސާ އަކީ އެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނަ ބަޔަކާ އެކު ބާއްވާ ޖަލްސާ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރާ އަތޮޅު ތެރޭގެ ބައެއް މީހުންވެސް މިޖަލްސާގައި ބައިވެރިވުމަށް މާލެ އައިސްފައިވެ އެވެ.

މިޖަލްސާގައި ރައީސް ސޯލިހާއި ރަނިންމޭޓް މުހައްމަދު އަސްލަމާއި ކޯލިޝަން ޕާޓީތަކުގެ އިސްވެރިން ވާހަކަދެއްކެވުމަށް ހަމަޖެހިފައިވާއިރު ފަންނާނުންގެ އައިޓަމްތަކެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.