ރައީސް އޮފީސް

އަންނަ އާދިއްތަ ދުވަސް ސަރުކާރު ބަންދު

އަންނަ ހަފްތާގެ އާދިއްތަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފި އެވެ.

އާދިއްތަ ދުވަސް ބަންދުކުރިއިރު އޭގެ ކުރިއަށް އޮތް ހޮނިހިރު ދުވަސް -- ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަހެވެ.

ރައީސް އޮފީހުން ބުނީ އާދިއްތަ ދުވަސް ބަންދުކުރީ ހޮނިހިރު ދުވަހުގެ ވޯޓުގައި ގިނަ މުވައްޒަފުންނާއި އާންމު ރައްޔިތުން ބައިވެރިވާނެތީ އިލެކްޝަންސް ކޮމިޝަންގެ ހުށަހެޅުމަކަށް ކަމަށެވެ.

ރިޔާސީ އިންތިހާބު ތަކުގައި ވޯޓުލާ ދުވަހާ އަދި ޖެހިގެން އަންނަ ދުވަސް މިފަހުން އާންމު ގޮތެއްގައި ސަރުކާރުން ބަންދުކުރެ އެވެ.