އެކްޓްރަސް އޭޝްލީ މެޑެކްވީއަށް ފިރިހެން ކުއްޖަކު ލިބިއްޖެ އެވެ.
އޭޝްލީ އާއި އޭނާގެ ފިރިމީހާ އިއްޑޯ ގޯލްޑްބާގްއަށް ދަރިއަކު ލިބުނުކަން ހާމަކުރީ އާދިއްތަ ދުވަހު އޭނާގެ އިންސްތަގްރާމްގައި ބައިވަރު ފޮޓޯތަކެއް ހިއްސާކޮށްފަ އެވެ. މީގެތެރެއިން އެންމެ ފަހު ފޮޓޯގައި ވަނީ ތުއްތު ދަރިފުޅުގެ ދެ ފައިގެ ފޮޓޯ އެކެވެ.
"އަހަރެންގެ ދަރިފުޅު ބަނޑު ތެރޭގައި އޮތުމަކީ ވަރަށް ލޯބިކުރި ކަމެއް، އަދި އެ އިހްސާސް މިސްވޭ. އެކަމަކު ދަރިފުޅު ދުނިޔެއަށް އައިސް، އަތްމަތީގައި އޮތުމަކީ އެފަދަ ދެވަނައެއް ނެތް އުފަލެއް" އޭޝްލީ ބުނެފައިވެ އެެވެ.
އޭޝްލީ ބުނީ މާބަނޑުވުމަކީ އޭނާ ވަރަށް ލޯބިކުރި ކަމެއް ކަމަށާއި އަދި އެއީ ހައިރާންވި ކަމެއް ކަމަށެވެ.
އިއްޑޯ ޓެގްކޮށްފައި އޭޝްލީ ބުނީ ރީތިކޮށް އެތައް ހާސް ފޮޓޯ ނަގައިދިނީތީ ޝުކުރު އަދާކުރާ ކަމަށެވެ.
އޭޝްލީ މާބަނޑުކަން ހާމަކުރީ މިދިޔަ އޭޕްރިލް މަހު އެވެ.
ރިވެންޖް" އާއި "ސޭލަމް"ގެ އޭޝްލީ އާއި އޭނާގެ ފިރިމީހާ އިއްޑޯ ކައިވެނި ކުރީ 2012 ގައެވެ. މި ދެތަރިން އެކުގައި އައިޓީވީގެ "ސީކްރެޓް ޑަޔަރީ އޮފް އަ ކޯލް ގާލް" ގައި މަސައްކަތް ކުރި އެވެ.
އިއްޑޯ ވަނީ "ޕީކީ ބްލައިންޑާސް" ގައިވެސް މަސައްކަތްކޮށްފަ އެވެ. އޭޝްލީ އެންމެ ފަހުން ކުޅެފައިވަނީ ނެޓްފްލިކްސްގެ "ދަ ސްޓްރޭސް" ކިޔާ ފިލްމެކެވެ.