ހައުސިން ޔުނިޓް

ރަސްދޫގައި 50 ހައުސިން ޔުނިޓް އެޅުމަށް އެސްޖޭއަށް

އއ. ރަސްދޫގައި 50 ހައުސިން ޔުނިޓު އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ސަރުކާރުން ރަސްދޫގައި އެޅުމަށް ނިންމާފައިވާ މި ހައުސިން ޔުނިޓުތައް އިމާރާތްކުރަން އެސްޖޭއާ ހަވާލުކުރީ މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމެވެ. އަދި އެސްޖޭއިން ސޮއިކުރެއްވީ ޑިރެކްޓާ ޝިހާދު އިބްރާހިމް އެވެ.

މި ހައުސިން ޔުނިޓުތަކުގެ ކޮންމެ ހައުސިން ޔުނިޓެއްގައި 1،000 އަކަ ފޫޓު ހުރެ އެވެ. އަދި ކޮންމެ އިމާރާތެއްގައި ތިން ކޮޓަރިއާއި ތިން ފާހަނާ، ބަދިގެ އާއި ކާގެއެއްގެ ހުންނާނެ އެވެ. އަދި މީގެ އިތުރަށް ސިޓިން ރޫމަކާއި ލޯންޑަރީ ރޫމްގެ އިތުރަށް ސްޓޯ ރޫމެއް ހުންނާނެ އެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި ހައުސިން ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކުތައް ހެދުމުގެ އިތުރަށް ވެހިކަލް ޕާކިން ސަރަހައްދެއްވެސް ހަދާނެ އެވެ.

މިމަސައްކަތް ހަވާލުކުރީ 270 ދުވަސް ތެރޭގައި ނިންމާ ގޮތަށް 84.2 މިލިއަން ރުފިޔާ އަށެވެ.