އަލިފާން

ފިހާރައެއްގައި ރޯވެ އަނދައި ހުލިވެއްޖެ

މާލޭގެ ފިހާރައެއްގައި ރޯވެ އަނދައި ހުލިވެއްޖެ އެވެ.

އަލިފާން ރޯވީ ރަތްވިލާ ގޯޅީގައި ހުރި ފިހާރައެއްގަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހާދިސާގެ މައުލޫމާތު ލިބުނީ ފަތިހު 4:37 ހާއިރު ކަމަށާއި ހާދިސާގައި މީހަކަށް އަނިޔާވިކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ވެގާ ޕޮއިންޓްގަ އެވެ.

އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު އަދި ނިއްވާ ނުލެވޭ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.