އަލިފާން

މާލޭގައި އަލިފާނުގެ އިތުރު ހާދިސާއެއް ހިނގައިފި

މާލޭގައި އަލިފާނުގެ އިތުރު ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޝީ ބިލްޑިންގް ކައިރީގައި ހުރި ގެއެއްގަ އެވެ.

އެ ގެއިން ވަރަށް ބޮޑަށް ދުން އަރަމުންދާއިރު އެ ސަރަހައްދުގައި އެމްއެންޑީއެފް ފަޔަމަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބުނުކަމުގެ މައުލޫމާތު އަދި ނުލިބެ އެވެ.

މާލޭގައި ހުންނަ ވެގާ ޕޮއިންޓް ފިހާރައިގައި ފަތިހު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެ ފިހާރަ ވަނީ އަނދާހުލިވެފަ އެވެ.