ރިޔާސީ އިންތިހާބު 2023

އިންތިހާބުގެ ޗީފް އޮބްޒާވާ ރާއްޖެ ވަޑައިގެންފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އޮބްޒާވް ކުރާ ޓީމުގެ އެންމެ އިސްވެރިޔާ -- ޗީފް އޮބްޒާވާ މާލެ ވަޑައިގެންފި އެވެ.

އޮބްޒާވާ ގްރޫޕުގެ ޗީޕް އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ލަންކާގެ ކުރީގެ ޗީފް އިލެކްޝަންސް ކޮމިޝަނާ ވަރުނަސިރީ މަހިންދަދޭޝް ޕްރިޔާ އެވެ.

މަހިންދަދޭޝް ޕްރިޔާ މިއަދު ހެނދުނު މާލެ ވަޑައިގަތުމުން އިލެކްޝަންސް ކޮމިޝަންގެ އިސްވެރިން ވަނީ އޭނާއަށް މަރުހަބާ ކިޔައި ބައްދަލުކުރައްވާފަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އީޔޫ އިން 40 އޮބްޒާވަރުން، ކޮމަންވެލްތުން 21 އޮބްޒާވަރުން އަދި 20 ގައުމަކުން އޮބްޒާވަރުން ހަރަކާތްތެރިވެ އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވުމަށް ބައިނަލްއަގުވާމީ 143 އޮބްޒާވަރުންނަށް އަދި ބައިނަލްއަގްވާމީ 22 މޮނިޓަރުންނަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަ ދީފަ އެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރައްވާއިރު އިންތިހާބުގެ ވޯޓުލުން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.