ފިނިޕޭޖް

ޖޯ އާއި ސޯފީ ވަރިވަނީ

ޖޯނަސް ބްރަދާސްގެ ޖޯ ޖޯނަސް، 34، ގެ ހަތަރު އަހަރުގެ ކައިވެނި ރޫޅި، ވަރިވާން އެދިއްޖެ އެވެ.

ފްލޮރިޑާ ސްޓޭޓްގެ މަޔާމީ ޑޭޑް ކައުންޓީގައި ވަރިވާން އެދުނު ލިޔެކިޔުންތަކުގައި ސަބަބަކަށް ބަޔާންކޮށްފައިވަނީ "ހައްލު ނުކުރެވޭވަރަށް ދިރިުއުޅުން ރޫޅިފައިވުން" ކަމަށެވެ.

ޖޯ އާއި އަންހެނުން އަދި އެކްޓްރެސް ސޯފީ ޓާނާ، 27، އާ ދެމެދު ކައިވެނިކުރުމުގެ ކުރިން ވެވިފައިވާ އެއްބަސްވުމެއް އޮތް ކަމަށްވެސް އެ ލިޔެކިއުންތަކުން އެނގެ އެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި ޖޯ އަދިވެސް އޭނާގެ ކައިވެނީގެ އަނގޮޓި އަޅަ އެވެ.

ޖޯ އާއި ސޯފީގެ ކައިވެންޏަށް 2020 ގައި އަދި 2022 ގައި ކުދިން ލިބިފައިވެ އެވެ. އެއީ ދެ އަންހެން ކުދިންނެވެ.

ޖޯ އެދިފައިވަނީ މި ދެކުދިން ބެލުމުގެ ކަންކަން އެކަކާ ހަވާލުކުރުމުގެ ބަދަލުގައި ދެމީހުން ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ހެދުމަށެވެ.

ޖޯ ވަރިވާން ހުށަހެޅި ލިޔެކިއުންތަކުގައިވާ ގޮތުގައި ފަހަކަށް އައިސް މި ދެ ކުދިން ދިރިއުޅެމުން އަންނަނީ ޖޯއާ އެކީގައެވެ.

މި ދެމަފިރިން ލޯބީގެ ގޮތުން ގުޅުނީ 2016 ގައެވެ. އަދި 2017 ގައި އެންގޭޖްވުމަށްފަހު، ކައިވެނި ކުރީ 2019 ގައެވެ.