ފިނިޕޭޖް

"ވުމަން އޮފް ދި އަވާ"ގެ ޕްރީމިއާއަށް އާނާ ކެންޑްރިކް ނުދޭ

އެކްޓްރެސް އަދި އެކެޑަމީ އެވޯޑް ނޮމިނީ އާނާ ކެންޑްރިކް ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމް "ވުމަން އޮފް ދި އަވާ"ގެ ވޯލްޑް ޕްރީމިއާއަށް ނުދެ އެވެ.

ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރީމިއާކުރި މި ފިލްމުގެ ހަފްލާއަށް އާނާ ނުދިޔަ ސަބަބަކީ ޖުލައި މަހުން ފެށިގެން ކުރިއަށްދާ ސެގް-އާފްޓްރާގެ އިހުތިޖާޖެވެ.

މިޕްރީމިއާގައި އިއްވާފައިވާ އާނާގެ މެސެޖުގައި ބުނެފައިވަނީ އެ ފިލްމު ފެސްޓިވަލްގެ ހިއްސާއަކަށް ވުމަކީ ވަރަށް ބޮޑު ޝަރަފަކާއި ހަގީގަތަކަށް ވި ހުވަފެނެއް ކަމަށެވެ. އަދި "ވުމަން އޮފް ދި އަވާ"ގެ ޕްރީމިއާގައި ބައިވެރިނުވެވޭތީ ހިތްހަލާކުވި ކަމަށްވެސް ބުންޏެވެ.

އާނާ ބުނީ ވުމަން އޮފް ދި އަވާގެ ހަރަކާތްތެރިވި ތަރިންގެ މޮޅު ހުނަރާ ނުލައި މި ފިލްމު އެއްވެސް އެއްޗަކަށް ނުވާނެ ކަމަށާއި މި ފިލްމާ މެދު ފަހުވުވެރިވާ ކަމަަށެވެ. އަދި އިހްތިޖާޖުކުރާ މީހުންގެ ހައްގުތައް ހޯދައިދިނުމުގައި ދެމިހުންނާނެ ކަމަށްވެސް ބުންޏެވެ.

ޑައިރެކްޓްކުރުމުގެ އިތުރުން އާނާ ލީޑް ރޯލެއް އަދާކުރާ "ވުމަން އޮފް ދި އަވާ" އަކީ ސީރިއަލް ކިލާ -- ރޮޑްނީ އަލްކަލާގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ރޮޑްނީ "ދަ ޑޭޓީން ގޭމް"ގެ ނަމުގައި ޓީވީއިން ދައްކާ ޝޯއެއްގައި ބައިވެރިވެ، ޝެރީލް ބްރެޑްޝޯ (އާނާ) އާއެކު ޑޭޓެއް ކާމިޔާބު ކުރެ އެވެ. ރޮޑްނީ އޭރު ވަނީ މަދުވެގެން ފަސް އަންހެނުން މަރާލާފަ އެވެ. މީނާއަށް "ދަ ޑޭޓިން ގޭމް ސީރިއަލް ކިލާ"ގެ ނަން ވެސް ދީފައިވެ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔެފައިވަނީ އިޔާން މެކްއެލިސްޓާ މެކްޑޮނަލްޑް އެވެ.

އާނާގެ އިތުރުން މި ފިލްމުގެ ކާސްޓްގައި ޑެނިއަލް ޒޮވާޓޯ، ނިކޮލެޓް ރޮބިންސަން، ޓޯނީ ހޭލް، ކެތްރީން ގެލެގާ، ކެލީ ޖެކްލް އާއި އޯޓަމް ބެސްޓް ހިމެނެ އެވެ. މި ފިލްމު ޝޫޓްކޮށްފައިވަނީ ކެނެޑާގެ ވެންކޫވާ ގައެވެ.