ދުނިޔެ

މުހައްމަދު ބިން ސަލްމާން އާއި އުރުދުޣާން އިންޑިއާގައި ބައްދަލުކުރައްވައިފި

އުރުދުޣާން (ކ) އަދި ބިން ސަލްމާން -- އިންޑިއާގައި މަޝްވަރާއަށް ބައްދަލުކުރައްވަނީ
0%
0%
0%

ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އިންޑިއާގައި ބައްދަލުކުރައްވައިފި އެވެ.

މި ދެ ލީޑަރުން އިންޑިއާއަށް ވަޑައިގެން މި އުޅުއްވަނީ އެ ގައުމުގެ ވެރިރަށް ނިއުދިއްލީގައި މިހާރު ހިންގަމުންދާ ޖީ20 ސަމިޓްގައި ބައިވެރިވެ ވަޑައިގަތުމަށެވެ.

ޖީ20 ނިއުދިއްލީ ސަމިޓްގެ އެންމެ ފަހު ދުވަހަކީ މިއަދެވެ.

ބިން ސަލްމާން އާއި އުރުދުޣާންގެ މަޝްވަރާ ބައްދަލުވުމާ ބެހޭ ތަފުސީލެއް މީޑިއާތަކަށް ނުލިބެ އެވެ. އާންމު ކަމެއްގެ ގޮތުގައި އޮންނަނީ ދެ ލީޑަރުން ބައްދަލުކުރެއްވީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކުރެއްވުމަށް ކަމަށް ބުނާ ވާހަކަތަކެވެ. ނަމަވެސް އަދުގެ ދުނިޔޭގައި ސައޫދީ އަރަބިއްޔާ އާއި ތުރުކީ އަދާކުރަމުން ގެންދާ ޒިންމާދާރު މަގާމަށް ބަލާއިރު މި ދެ ލީޑަރުންނަކީ ބާރުގަދަ ސުރުޚީ އަޅުއްވާ ދެ ލީޑަރުންނެވެ.

އަނެއްކޮޅުން އުރުދުޣާން މިދާކަށް ދުވަހު ރަޝިއާއަށް ވަޑައިގެން އެ ގައުމުގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައި -- ކުރެއްވި މަޝްވަރާތަކުން ބައެއް ވާހަކަތަތައް ވަލީއަހުދަށް ތަފުސީލުކޮށްދެއްވުމަކީ އުރުދުޣާން ކުރައްވާނެ ކަމެކެވެ.

ސައޫދީއާ ތުރުކީ އެކުވެރިކަން ބަދަހިކުރުމުގައި އުސްމިންތަކަކަށް މިސަރާބު ޖަހާފައި އޮތްއިރު ދެ ގައުމުން އެއް ވިސްނުންތަކެއް ހިއްސާކުރުމަކީ ވަރަށް ގާތް ކަމެކެވެ.

ދެ ލީޑަރުންގެ ބައްދަލުކުރެއްވުން އޮތީ ބަންދު ކޮޓަރީގަ އެވެ. މީޑިއާއާ ދުރުގައެވެ. ދެ ގައުމުގެ ވެރިންގެ ގޮތުގައި މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ ތުރުކީގެ ހާރިޖީވަޒީރު ހަކާން ފިދާން އާއި އިންޓެލިޖެންސްގެ ވެރިޔާ އިބްރާހީމް ކަލީން، ކޮމިއުނިކޭޝަން ޑައިރެކްޓަރު ފަހްރޭތިން އަލްތުން އަދި އުރުދުޣާނަށް ލަފާއަރުވާ އަކީފް ކަގަތޭ ކިލިކް އެވެ.

ތުރުކީގެ އިސް މަގާމުތަކެއްގައި ތިއްބެވި ވެރިން ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގަންނަވާނީ އެ ބައްދަލުވުމެއް ވަރަށް މުހިއްމު ވީމަ އެވެ. މިހެންކަމުން ބެލެވެނީ މިއީ ސަރަހައްދީ އަަދި ގައުމީ ސަލާމަތާ ގުޅުންހުރި މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345