ކްރިމިނަލް ކޯޓް

ސަފާ ފުރުވާލި މައްސަލަ: ހާނިމާއި އާޒިމަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ

Sep 10, 2023

މަސްތުވާތަކެތީގެ މައްސަލައެއްގައި 18 އަހަރަށް ޖަލަށްލާފައި ވަނިކޮށް މ. ލޮނުމިދިލިގޭ އިބްރާހީމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ރާއްޖެއިން ބޭރަށް ފުރުވާލި މައްސަލައިހެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ.

މި މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ މާލެ ހ. ދިޔަދޫ މޫސާ އާޒިމް އާއި މ. ފުސްތުޅާގެ މުހައްމަދު ހާނިމްގެ މައްޗަށެވެ.

އަޑުއެހުން ތާވަލުކޮށްފައިވަނީ ކްރިމިނަލް ކޯޓުގައި މާދަމާ ހެނދުނު 11:00 އަށެވެ. މި އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

ބޭސްފަރުވާއަށް ކަމަށް ބުނެ ސަފާ ރާއްޖެއިން ބޭރަށް ފުރުވާލީ ފެބްރުއަރީ 2014 ގައެވެ. އޭނާ އަނބުރާ ރާއްޖެ ގެނައީ އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ސްރީލަންކާއަށް ގޮސް ހިންގި އޮޕަރޭޝަނެއް ގައެވެ.

އާޒިމް އާއި ހާނިމަށް ދައުވާކުރީ 2018 ވަނަ އަހަރު އެވެ.

ސަފާ ޖަލަށްލުމަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލުކުރީ 2015 ވަނަ އަހަރު އެވެ.