ކްރިމިނަލް ކޯޓް

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދަށް

ކްރިމިނަލް ކޯޓު -- ފޮޓޯ: އަވަސް
0%
0%
0%

ފަސް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ދެ މީހަކު ޝަރީތައް ނިމެންދެން ބަންދުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބަންދުކުރަން އަމުރު ނެރުނީ ރ. އިނގުރައިދޫ، ނައިޓްވިއު، މުހައްމަދު ޝަހުދު (19 އ) އާއި ފ. ފީއަލީ، ރަހުމަތު އުފާ، މުހައްމަދު އާދަމް (24 އ)ގެ މައްޗަށެވެ.

މި ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުންވެސް ކޯޓުގައި އެދިފައިވެ އެވެ.

ކްރިމިނަލް ކޯޓުން އަމުރުކުރީ މިދެ މީހުން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށެވެ.

ޝަހުދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ކެނެބިސް ޓަރެފިކް ކުރުމުގެ ދައުވާ
  • ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ
  • މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ
  • ކެނެބިސް ބޭނުންކުރުމުގެ ދައުވާ

މުހައްމަދު އާދަމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް

  • ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ
  • ކެނެބިސް ޓްރެފިކް ކުރުމަށް އެހީތެރިވުމާއި ބައިވެރިވުމުގެ ދައުވާ
  • ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ

ކްރިމިނަލް ކޯޓުން ވަނީ މުހައްމަދު އާދަމްއަށް ބޭސް ފަރުވާގެ ފުރުސަތު ދިނުމަށްވެސް ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ކޯޓުން އެގޮތަށް އަމުރުކުރީ މުހައްމަދު އާދަމްގެ ކަންފަތުގެ އެތެރެ ފާރުވެ، ކަންފަތް ކައިރި ނޫފައިގެން ގޮސްފައި ހުރުމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678