ސުޕްރީމް ކޯޓް

ސުޕްރީމް ކޯޓުގައި ހުރި ގަހުން އަނބު ބިދެގެން ޖަލަށް

ސުޕްރީމް ކޯޓުގައި ހުރި އަނބު ގަހަކުން ވަގަށް އަނބު ބިންނަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް މުއްދަތު ޖަހައިފި އެވެ.

ދިވެއްސެއް ކަމަށްވާ އުމުރުން 39 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ ބުނީ ސުޕްރީމް ކޯޓުން އަނބު ބިނުމަކީ މަނާ ކަމެއްކަން އޭނާއަށް އެނގިފައި ނުވާ ކަމަށެވެ. އޭނާ އަނބި ބިންނަން އުޅުނީ އިއްޔެ އަކީ ރިޔާސީ އިންތިހާބުގައި ވޯޓުލީ ދުވަސް ކަމަށްވާތީ އެކުވެރިންނަށް އަނބު ބެހުމަށް ކަމަށްވެސް ބުންޏެވެ.

ކްރިމިނަލް ކޯޓުން މި މީހާގެ ބަންދަށް ދިނީ 15 ދުވަހެވެ.

މީގެކުރިންވެސް ސުޕްރީމް ކޯޓާއި ޖުވެނައިލް ކޯޓުގެ ގޯތި ތެރޭގައި ހުރި އަނބި ގަހުން އަނބު ބިދެފައިވާ މީހުން ހައްޔަރުކޮށް ޖަލަށް ލުމަށް ހުކުމްކޮށްފައިވެ އެވެ.