ރައްޔިތުންގެ މަޖިލިސް

އަދަދު ހަމަނުވުމުން ކޮމިޓީތައް އެކުލަވާލަން ވޯޓަށް ނޭހުނު

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން -- ފޮޓޯ: މަޖިލިސް
0%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލައަށް ވޯޓަށް އެހުމަށް ބޭނުންވާ އަދަދަށް މެންބަރުން މަޖިލީހުގެ ތަޅުމުގައި ނެތުމުން އެ މައްސަލައަށް ވޯޓަށް ނޭހި މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުން ތަމްސީލުކުރާ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ އާއި ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމަށް ވޯޓަށް އެހުމެވެ.

އެ މައްސަލައިގެ ބަހުސް ނިމި ވޯޓަށް އެހުމަށް ވޯޓު ރަނގަބީލު ޖެހިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 10 މެބްބަރުންނެވެ.

"އަޅުގަނޑުމެން ވޯޓުގެ ރަނގަބީލު ޖެހުމަށްފަހުގައި އޭގެ ވަގުތު ހަމަވެ ނިމިއްޖެ. ނިމުނުއިރުގައި މަޖިލީހުގެ ތަޅުމުގައި ތިބީ 10 އިއްޒަތްތެރި މެންބަރުން. އެހެންވީމާ އަޅުގަނޑަށް ވޯޓަށް އެހޭކަށް ނެތް،" ނަޝީދު ވިދާޅުވި އެވެ.

މައްސަލައަށް ވޯޓަށް އެހުމަށް 22 މެންބަރުން މަޖިލީހުގެ ތަޅުމުގައި ތިބެންޖެހޭކަން ނަޝީދު ފާހަގަކުރެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910